މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވެޓެރިނަރީ ޚިދުމަތްދޭ ފަރާތްތައް ރަޖިސްޓަރީކުރުމާ ގުޅޭ

ދިވެހިރާއްޖޭގައި ދިރޭ ޖަނަވާރު ގެންގުޅުމާއި އާލާކުރުމާއި، އެތަކެތި އެތެރެކުރުމާއި ބޭރުކުރުމާއި، އެތަކެތީގެ ދުޅަހެޔޮކަމާ (ވެލްފެއާ) ގުޅުންހުރި މަސައްކަތްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ ބެލެނިވެރި ފަރާތަކީ މި މިނިސްޓްރީ އެވެ. މިގޮތުން ދިރޭ ޖަނަވާރުގެ ދުޅަހެޔޮކަމާ ސީދާ ގުޅުންހުރި ވެޓެރިނަރީ ޚިދުމަތްތައް ދިވެހިރާއްޖޭގައި ދެވޭނީ މި މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމަށްފަހު މި މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. ނަމަވެސް، މިހާރަކަށް އައިސް ބައެއް ފަރާތްތަކުން މިނިސްޓްރީގައި ރަޖިސްޓަރީ ނުކޮށް ޢާއްމުންނަށް ވެޓެރިނަރީ ޚިދުމަތްދޭކަން މި މިނިސްޓްރީއަށް ފާހަގަ ކުރެވެއެވެ. ވުމާއެކު، މި މިނިސްޓްރީގައި ރަޖިސްޓަރީ ނުކޮށް ޢާއްމުންނަށް ވެޓެރިނަރީ ޚިދުމަތް ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

27 ޑިސެންބަރު 2018
ހޯދާ