ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
8 ވަނަ ދިއްލީ އިންޓަރނޭޝަނަލް ޖޭޒް ފެސްޓިވަލް ގައި ބައިވެރިވުމުގެ ފުރުޞަތު

އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރު) އިން އިންތިޒާމްކޮށްގެން މިއަންނަ މާޗްމަހުގެ 1 ން 3 ށް ބޭއްވުމަށް ހަމަޖެހިފައިވާ ސުރުހީގައި ދަަންނަވާފައިވާ ފެސްޓިވަލްގައި 5 ނުވަތަ 6 މެމްބަރުންގެ ޖޭޒް ގްރޫޕެއް ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިވަލްގައި ޖޭޒް ގްރޫޕުން ދޭ ޝޯވގެ އިތުރުން އިންޑިއާގެ 1 ނުވަތަ 2 ސިޓީއެއްގައި މި ގްރޫޕްގެ ހުށަހެޅުންތައް ދައްކާލެވިދާނެކަމަށާއި، އިންޑިއާގައި 8 އާއި 10 ދުވަހާއި ދެމެދުގެ މުއްދަތަކަށް ތިއްބަވަން ޖެހިދާނެކަމުގައި އެފަރާތުން ވަނީ އަންގަވާފައެވެ. މީގެ އިތުރުން ނިއުދިއްލީގައި ގެނެސްދޭ ހުށަހެޅުމުގެ ދިގުމިނަކީ 30 – 40 މިނެޓްކަމަށާއި އެހެނިހެން ސިޓީތަކުގައި 60 – 75 މިނެޓްކަމަށް ވެސް ވަނީ އަންގަވާފައެވެ. މިފެސްޓިވަލް އަށް ހޮވޭ ގްރޫޕްގެ ވިސާ، ކެއުމާއި ހުރުން، އެތެރޭގެ ދަތުރު ފަތުރު އަދި މިޕްރޮގްރާމަށް ހިނގާ އެހެނިހެން ޚަރަދުތައް ހަމަޖައްސައިދެއްވާނީ އިންތިޒާމް ކުރައްވާ ފަރާތުންނެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، މެޑިކަލް އިންޝުއަރެންސް އަދި ހުށަހެޅުމުގެ ފީ ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުންނެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 30 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިސެންޓަރަށް ޕްރޮފައިލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ފޯނު ނަންބަރު  3344667   އަށް ގުޅުއްވުން އެދެމެވެ.

26 ޑިސެންބަރު 2018
ހޯދާ