ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަރާތުން މިރަށުގައި ހެދުމަށް ހަމަޖެހިފައިވާ އާރް.އޯ ޕޮލާންޓަކާއި ސްޓޯރޭޖް ޓޭންކެއް ޤާއިމްކުރުމުގެ މަޝްރޫއާއި ގުޅިގެން ފެން ހޮޅި ގެންދާ މަގުގައި ހުރި (އިރުމަތީ ކޮޅު ޓޮޕާޒް ގޯތީގެ ހުޅަނގުން އިންވެގެން އޮތްމަގާއި އެމަގުން ފެށިގެން ތުއްކޮއިހިގުމުގެ އައިވަރީހައުސްގެ ހުޅަނގު އިމާހަމައަށް) ހުދުކުލައިގެ ދަވާދުން ނަންބަރުޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ރުއްގަހުގެ ވެރިފަރާތްތަކުން، މި އިދާރާއިން ޖަހާފައިވާ ނަންބަރާއި، ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި ރުއްގަހުގެ ފެންވަރު (ފޯދުނު،ނުފޯދޭ،މޮޅު،ދެރަ،ބޮޑު،ކުޑަ) ބަޔާންކުރައްވާ، 2019 ޖަނަވަރީ 03 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޑިސެންބަރު 2018
ހޯދާ