އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
2019 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

 

 

 

އިންނަމާދޫ ސްކޫލް

ރ.އިންނަމާދޫ ، ދިވެހިރާއްޖެ

                                                             ނަމްބަރު:GS123/SR/IUL/2018/35

ވަނަ އަހަރު ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން2019

އިޢުލާން

     2019 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ސްކޫލުން ކުރި އިޢުލާން (ނަމްބަރ: GS123/SR/IUL/2018/30   ، ތާރީޚް: 10ޑިސެމްބަރ 2018) އާއި ގުޅިގެން މި މަސައްކަތަށް އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހެޅިފައި ވުނާތީ، ދެންނެވި އިޢުލާން ބާޠިލްކުރުމަށްފަހު، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމަށް އިޢުލާންކުރީމެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

         މި މަސައްކަތަށް މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ދެވޭނީ، ޙާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ،ޙާޒިރު ނުވެވުނު ސަބަބާއި، ފޮނުއްވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަވަން ވާނެއެވެ.

ތަފްޞީލް

ތަން

ތާރީޚް / ގަޑި

މަޢުލޫމާތު ދިނުން

އިންނަމާދޫ ސްކޫލް

06 ޖެނުއަރީ 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި

އަންދާސީ ސިސާބު ހުށަހެޅުން

އިންނަމާދޫ ސްކޫލް

09 ޖެނުއަރީ 2019 ވާ ބުދަދުވަހުގެ ހެނދުނު 10:45 ގައި

 

 

 

     މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދަވަން ގުޅުއްވާނީ 6580359 ނަންބަރު ފޯނާއެވެ. 

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.   

18 ރަބީޢުލް އާޚިރް 1440

25  ޑިސެމްބަރ 2018 

                               

                                           6580359 [email protected]                          

25 ޑިސެންބަރު 2018
ހޯދާ