އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ބޭނުމަށް ރަށު / އަތޮޅު / ސިޓީ ފޯކަލް ޕޮއިންޓުން ހޯދުމާއި ބެހޭ

މި އިޢުލާންވަނީ 25 ޑިސެންބަރު 2018 13:45 ގައި ބާތިލް ކުރެވިފައެވެ.


 ނަންބަރު: A)AB-2018/261) 

އިޢުލާން

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ބޭނުމަށް ރަށު / އަތޮޅު / ސިޓީ ފޯކަލް ޕޮއިންޓުން ހޯދުމާއި ބެހޭ

  • 179 (ސަތޭކަ ހަތްދިހަ ނުވައެއް) ރަށު ފޯކަލް ޕޮއިންޓުން.
  • (18އަށާރަ) އަތޮޅު ފޯކަލް ޕޮއިންޓުން.
  • (02ދޭއް) ސިޓީ (އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ) ފޯކަލް ޕޮއިންޓުން.

ބޭނުންވާ ޢަދަދު:

  • މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/200 (ދުއިސައްތަ ރުފިޔާ)
  • އަދި ކަނޑައެޅިފައިވާ އުޞޫލުން ފޯކަލް ޕޮއިންޓުންނަށް ފޯނު އެލަވަންސުގެ ގޮތުގައި މަހަކު -/150( ސަތޭކަ ފަންސާސް) ރުފިޔާ ދެވޭނެ.

އުޖޫރަ:

  1. ރަށު ކައުންސިލް އިދާރާގެ ނުވަތަ އަތޮޅު/ސިޓީ ކައުންސިލް އިދާރާއެއްގައި އިސްކޮށް މަސައްކަތްކުރާ ފަރާތެއް ކަމުގައިވުން.
  2. އިލެކްޝަންސް ކޮމިޝަނުން ޙަވާލުކުރާ އިންތިޚާބާބެހޭ މަސައްކަތްތައް އިސްނަގައިގެން އަމިއްލައަށް ކުރުމުގެ ޤާބިލުކަމާއި، ތަޢުލީމާއި، ތަޖުރިބާ ހުރި މީހަކު ކަމުގައި ކޮމިޝަނަށް ޤަބޫލުކުރެވުން.
  3. އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަޤާމެއް ފުރާ މީހެއް ކަމުގައި ނުވުން.
  4. އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
  5. އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރަކު ކަމުގައި ނުވުން. (ޢާއިލީ މީހެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، ދަރިއެއް، އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ ކޮންމެ މީހެއް)
  6. އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއް ނުވަތަ ކެންޑިޑޭޓެއްގެ އިންތިޚާބީ އެޖެންޓެއްކަމުގައި ނުވުން.
  7. ސިޔާސީ ޙަރަކާތްތަކުގައި އިސް ރޯލެއް އަދާކުރާ މީހަކު ކަމުގައި ނުވުން.

ޝަރުޠު:

  • އިންތިޚާބުގެ ކަންތައްތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި، ސިޓީ/ އަތޮޅު/ ރަށު ކައުންސިލްގެ އިދާރާއާއި ދެމެދު ހިންގާ ހުރިހާ މުޢާމަލާތްތައް ހިންގުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުން.
  • އިންތިޚާބާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނާއި ސިޓީ/ އަތޮޅު/ ރަށު ކައުންސިލްގެ އިދާރާއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިންތިޒާމުކުރުމާއި ހިންގައި ބެލެހެއްޓުން.
  • ·       ރައްޔިތުންގެ މަޖިލީސް އިންތިޚާބް 2019 ގައި އަތޮޅު، ސިޓީ އަދި ރަށުގައި ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުމާއި، އިލެކްޝަންސް ކޮމިޝަނުން ހިންގާ ޕްރޮގްރާމްތައް ހިންގުމާއި، މިކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން އިލެކްޝަންސް ކޮމިޝަންގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ކުރުން.

މަސްއޫލިއްޔަތު:

  • މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

ސުންގަޑި:

  • ފޯކަލް ޕޮއިންޓުންނަށްވުމަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ފޯކަލް ޕޮއިންޓަކަށް ވުމަށް އެދި ހުށަހަޅާ ފޯމު އިލެކްޝަން ކޮމިޝަނުގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށައެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު


17
ރަބީޢުލްއާޚިރު 1440

24 ޑިސެންބަރު 2018
ހޯދާ