މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ GS3

މަޤާމް:                 އެޑްމިނިސްޓްރޭޓިވް އޮފިސަރ

މާޤާމުގެ ނަންބަރު:          J-299577

ބޭނުންވާ އަދަދު:           01

މަޤާމުގެ ގިންތި:           ދާއިމީ

މަޤާމުގެ ރޭންކް:           ޖެނަރަލް ސަރވިސް 3

މާޤާމުގެ ކްލެސިފިކޭޝަން:      އޮފިސަރ ގްރޭޑް 1  

ސެކްޝަން :            ލޯން ސެކްޝަން / މިނިސްޓްރީ އޮފް ހަޔަރއެޑިޔުކޭޝަން

ވަޒީފާއޮތް އޮފީސް:         މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:    ވެލާނާގެ 2 ވަނަ ފަންގިފިލާ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

މުސާރަ:              -/4465ރ

ސަރވިސް އެލަވަންސް:      -/1500ރ،

ސަޕޯޓިންގ ކޯއެލަވަންސް2:    -/700ރ

އިތުރު އިނާޔަތްތައް:        1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                  2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                  3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-    އޮންގޮއިންގ ލޯން ސްކީމްގެ ދަށުން ރާއްޖޭގައި މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ލޯން އެހީދޫކުރުމުގެ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރުން.

-    ޕްލޭސްމަންޓް ލެޓަރ ލިބުމުން ލޯން އެހީއަށް އެދި ހުށަހަޅާ އިޤުރާރު ފޯމާއި ފައިސާއަށް އެދޭ ފޯރމް ފުރުވައި ދަރިވަރުން އިޤުރާރު ކުރުވައި ލަސްވެގެން 1 ހަފްތާގެ ތެރޭގައި ނުވަތަ ދަރިވަރުން ފުރުމުގެ ކުރިން ފައިސާ ލިބޭނެ މުއްދަތު އޮއްވައި ބޭންކް އޮފް މޯލްޑިވްސް އަށް ފޮނުވުން. އަދި ދަރިވަރުންގެ މަޢުލޫމާތު އަޕްޑޭޓްކޮށް ދަރިވަރުންގެ ރެކޯރޑްތައް ފައިލްތަކުގައި ބެލެހެއްޓުން.

-    ލޯންތަކުގެ މަސައްކަތްތަކާއިބެހޭ ލިޔެކިޔުންތައް ޓައިޕްކުރުމާއި، ލޯން ދެވިފައިވާ ދަރިވަރުންގެ ފަރާތުން އަންނަ ސިޓީތަކަށް ވެރިންގެ ލަފަޔާއެކު 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމާއި އަދި ދަރިވަރުން ފޮނުވާ ސިޓީތަކާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

-    ލޯން ސްކީމްތަކާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މަޢުލޫމާތު ދިނުން.

-    ހަވާލުކުރެވިފައިވާ ލޯން ސްކީމްތަކުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް ދޭންވާ ފައިސާ ކޮންމެ ސެމިސްޓަރއެއްގައި ނުވަތަ ކޮންމެ އަހަރަކު ދިނުމަށް ބޭނުންވާ ލިޔެކިޔުންތައް ދަރިވަރުން އަތުން ހޯދައި ކަނޑައެޅިފައިވާ ގަޑިއަށް ފައިސާޖަމާކުރުމަށްއެދި ބޭންކަށް ފޮނުވަމުން ދިއުން.

-    މަތީތަޢުލީމާ ތަމްރީނާ ގުޅޭގޮތުން އެހީތެރިކަން ހޯދަންއެދޭ ރާއްޖެއާއި ރާއްޖޭން ބޭރުގައި ތިބޭ ދިވެހިންނާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން އެދޭކަންކަމުގައި ވެރިންގެ މަޝްވަރާގެ މަތިން އެހީތެރިވެވޭނެ މަގު ތަނަވަސްކޮށްދިނުން.

-    ކަނޑައެޅިފައިވާ ތާރީޚަށް ދަރިވަރުން ކިޔެވުން ނިންމައި އާދޭތޯ ބަލަމުން ދިއުން. ކަނޑައެޅިފައިވާ ތާރީޚަށް ދަރިވަރުން ލޯނު ދައްކަން ފެށިކަން ބޭންކުން ޗެކްކޮށް ކަށަވަރުކުރުން. އަދި ލޯން ނުދައްކާ ފަރާތްތަކާއިމެދު ބޭންކުން ފިޔަވަޅު އަޅަމުންދޭތޯ ބެލުން. ދުވަހު ޔައުމިއްޔާއާއި އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ފޮނުވައިދިނުން.

-    ބަލަހައްޓަން ހަވާލުކުރެވިފައިވާ ލޯން ސްކީމްތަކާއި ބެހޭ ތަފާސްހިސާބު ވެރިން އަންގާގޮތެއްގެ މަތިން ބެލެހެއްޓުން. އަލަށް ހުޅުވާލެވޭ ލޯން ސްކީމްތަކާއި ގުޅޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއްވެސް ދަރިވަރުން ހޮވާ ނިމެންދެން ވެރިން އަންގާ ގޮތެއްގެމަތިން ކުރުން.

މާޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން ' ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

1-   ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި ޑިޕާރޓްމަންޓްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2-   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-   ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-   ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-   ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-   ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-   ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ.

8-   މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 މަޤާމަށް އެދެންވީގޮތާއި ސުންގަޑީ

  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 ޖެނަވަރީ 2018 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް (3341385) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ބަލައިގަނެވޭނެއެވެ.

 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 06 ޖަނަވަރީ އިން 17 ޖަނަވަރީ2019އާ ދެމެދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން (ވެލާނާގެ 2ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުން، އެތާރީޚުގައި އިންޓަވިއު އަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުން އެދެމެވެ.

 ޝޯޓު ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއުއަށް ދަންނަވާނީ އެބޭފުޅުންނަށެވެ.

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.

 

އިތުރުމަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341303،3341307  ފޯނަށް ގުޅުއްވުން އެދެމެވެ.

17 ރަބީޢުލްއާޚިރު 1440

24 ޑިސެންބަރު 2018

24 ޑިސެންބަރު 2018
ހޯދާ