މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ފިޔަވަތީގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތަށް ކޮއްދޭނެ ފަަރާތެއް ހޯދުމަށް

 

            

"ފިޔަވަތީ" ގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުން

    

            މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސްގެ ދަށުން ހިންގާ ފިޔަވަތީގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

            ވީމާ، ފިޔަވަތިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ޚަރަދުގައި މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 08 ޖެނުއަރީ 2019 ވާ ބުދަ ދުވަހުގެ 13:00 އަށް ހުޅުމާލެ، ފިޔަވަތިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ފިޔަވަތިން ޙަވާލުކުރާ މަޢުލޫމާތު ކަރުދާހުގައިވާގޮތުގެ މަތިން 22 ޖެނުއަރީ 2019 ވާ ބުދަދުވަހުގެ 13:00 އަށް ފިޔަވައްޗަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

            މަސައްކަތް ޙަވާލުކުރެވޭނީ، ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ.

                                  17 ރަބީއުލް އާޚިރް 1440

24 ޑިސެންބަރު 2018

 

24 ޑިސެންބަރު 2018
ހޯދާ