ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން ނަމްބަރ:    IUL-D/423/2018/    

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މިނިސްޓްރީ އޮފް ހެލްތްއިން ފަރެސްމާތޮޑާ ޞިއްހީމަރުކަޒުގައި ވާރޭފެން ލިބޭނެ ނިޒާމެއް ހަމަޖެއްސުމައްޓަކައި އެތަނުގައި މިހާރު އަޅާފައިވާ ފައުންޑޭޝަން މަތީގައި 5000 ލީޓަރުގެ ކަޅުހަމެއް ބެހެއްޓުމަށާއި އަދި އެތަނުގައި އިތުރު ކަޅުހަން ބެހެއްޓޭނެ ޖާގަ ހުންނަވަރަށް ދަގަނޑު ހޮޅިޖަހައި ހިޔާކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލް އިދާރާއިން ކޮށްފައިވާ ނަންބަރ :IUL-D/423/2018/55 އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމަތު ސާފުކުރެއްވުމަށް ވަޑައިގެންފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން  27 ޑިސެމްބަރ 2018  ވާ ބުރާސްފަތި ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ޖެނުއަރީ 2018 ވާ ބުރާސްފަތި ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ.

އަދި އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ފަރެސްމާތޮޑާ ޞިއްހީމަރުކަޒުގެ ކަޅުހަންބަހައްޓާތަން ހިޔާކުރުމުގެ މަސައްކަތް"މިހެން ލިޔެފައި އޮންނަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު އާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބު ތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ރަބިޢުލް އާހިރު   1440

23 ޑިސެމްބަރ     2018

 

 

 

                                                      ޔާސިރު މުޙައްމަދު

   ކައުންސިލްގެ ނާއިބު ރައިސް

24 ޑިސެންބަރު 2018
ހޯދާ