މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

މިކޯޓުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްކުރި މިކޯޓުގެ ނަމްބަރ (IUL)/E10C-A/2018/02 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެފާވަނީ 01 (އެކެއް) ފަރާތުން ކަމަށްވާތީ އެއިޢުލާން ބާޠިލްކޮށް އަލުން މިކޯޓުގެ އިމާރާތާއި ގޯތީގައި 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ނުވަތަ މިކޯޓަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ވޮޗަރުންގެ މަޤާމް ހަމަޖެހެންދެން ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 02 ޖަނަވަރީ 2019 ވަނަ ދުވަހުގެ 10:30 ށް މިކޯޓަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ވަނީ ހުޅުވާލެވިފައެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބްތައް ކެނޑުން އޮންނާނީ އަންދާސީ ހިސާބް ހުށަހަޅުއްވާ އެންމެންގެ ޙާޟިރުގައި 02 ޖަނަވަރީ 2019 ވަނަ ދުވަހުގެ 10:30 ގައި މިކޯޓްގައެވެ.  މި މަސައްކަތާއި ގުޅޭގޮތުން މިކޯޓްން ހާމަކުރާ މަޢުލޫމާތު މިކޯޓްގެ ނޯޓިސް ބޯރޑްގައި އާންމުކޮށް ފެންނާނޭހެން ބެހެއްޓިފައި ހުންނާނެއެވެ. އަދި މިއަދުން ފެށިގެން 31 ޑިސެންބަރ 2018 ދުވަހާއި ހަމައަށް  ރަސްމީ ދުވަސްތަކުގައި  މިކޯޓަށް ދުރުވުމުން ނޯޓިސް ބޯޑްގައިވާ މަޢުލޫމާތު ބެލޭނެ އިންތިޒާމް ހަމަޖެހިފާވާކަމުގައި ދަންނަވަމެވެ.

 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 02 ޖަނަވަރީ 2019

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 10:30

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓު

 

17 ރަބީޢުލްއާޙިރް 1440

24 ޑިސެންބަރު 2018
ހޯދާ