އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިސްކިތްތަކުގައި ވަގުތީގޮތުން މަސައްކަތް ކުރާނެ މީހުން ހޯދުން.

ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން 2019 ވަނަ އަހަރުގެ ނިޔަލަށް މިރަށު ދެ މިސްކިތުގައި މަސައްކަތް ކުރާނެ، އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުން ބޭނުންވެއެވެ.

 

  • ·      މަސައްކަތް ކުރަންޖެހޭ ޚާލަތްތައް.

-         މިސްކިތުގެ އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުން އެކިއެކި ސަބަބުތަކާހުރެ މިސްކިތަށް ޙާޟިރުނުވާ ދުވަސްތަކުގަ އެވެ.

  • ·      އުޖޫރު:

-         އިމާމުކަމުގެ ޝަރުތު ހަމަވާނަމަ (ޖީ.އެސް 3 ގެ ރޭންކް) ކޮންމެ ނަމާދު ވަގުތަކަށް 61/- ރުފިޔާ.

-         އިމާމުކަމުގެ ޝަރުތު ހަމަނުވާނަމަ (ޖީ.އެސް 1 ގެ ރޭންކް) ކޮންމެ ނަމާދު ވަގުތަކަށް 53/- ރުފިޔާ.

-         މަސައްކަތު މީހުންނަށް، (އެސް.އެސް 1 ގެ ރޭންކް) މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 45/- ރުފިޔާ.

މިއި ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން ނެގޭބަޔަކަށްވާތީ، އުޖޫރަދެވޭނީ މަތީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. ބަންދުދުވަހުގެ ފައިސާ އާއި އިތުރު ގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.

 

  • ·      ހުށަހަޅަންޖެހޭ ލިޔުންތައް.

-         މުއްދަތު ހަމަނުވާ އައި. ޑީ. ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް.

-         މަތީގައި ދެންނެވިފައިވާ މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ އެންމެ މަތީފާހުގެ ކޮޕީ.

  ވީމާ، މަތީގައި ދަންނަވާފައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖެނުއަރީ 08 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

23 ޑިސެންބަރު 2018
ހޯދާ