ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
800 ކިލޯ ވޯޓްގެ ޖަނަރޭޓަރ ސެޓެއް ގަތުމާއި ގުޅޭ:

ނަންބަރ:FNK-I/IUL/2018/122

 

އިޢުލާން

 

800 ކިލޯ ވޯޓްގެ ޖަނަރޭޓަރ ސެޓެެއް ގަތުމާއި ގުޅޭ:

މިކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް 800 ކިލޯ ވޯޓްގެ 01 (އެކެއް) ޖަނެރޭޓަރ ސެޓް ގަންނަން ބޭނުންވެއެވެ. މިކަމާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.fenaka.com.mv އިންވެސް މަޢުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޒިރުގައެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

                 09 ރަބީއުލް ޢާހިރު 1440

                 20 ޑިސެމްބަރ 2018

 

20 ޑިސެންބަރު 2018
ހޯދާ