ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ޢިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައިދެއްވާނެ ފަރާތެއް ހޯދުމަށް

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޢިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައިދެއްވާނެ ފަރާތެއް ހޯދުމަށް 12 ޑިސެމްބަރ 2018 ވަނަ ދުވަހު ކޮށްފައިވާ އިޢުލާން (ނަންބަރު 164/1/2018/23 (IUL) އަށް އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިއުލާން ކުރަމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ 11:00 އަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިމާރާތަށް (64 ނަންބަރ ކޮށި، ކަލާފާނު ހިނގުން) އަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިދާރާގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އިޢުލާނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.

20 ޑިސެންބަރު 2018
ހޯދާ