ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ލެކްޗަރަރ

ބޭނުންވާ ޢަދަދު: 1

މުސާރަ:

މަހަކު 12,687.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5,437.50 ރުފިޔާ

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތް ކުރަންޖެހޭ ތަން:

ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް

ސްޕައިން ޕޮއިންޓް:

40

މަޤާމުގެ ޝަރްޠުތައް:

  • ދަށްވެގެން، އެމް. ކިޔޫ. އޭ. އިން ގަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އަދި ލެވެލް 9 ގެ ސަނަދެއް، އިސްލާމިކް ފައިނޭންސް ގެ ދާއިރާއިން އޮތުން. (މިދާއިރާއިން ޕީ.އެޗް.ޑީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޓޭބަލް ކުރެވޭ ގަޑިއާއި، ބަދަލުގައި ނަގަންޖެހޭ ގަޑިތައް، ވަރކްލޯޑް ޕޮލިސީއާއި އެއްގޮތަށް ނެގުން.
  • ޓިއުޓޯރިއަލް އާއި އަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.
  • ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާއި އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނު ގޮތުގެ މައުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
  • ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސް އާއި ޕަރފޯރމަންސް މޮނިޓަރކޮށް، މެނޭޖްމަންޓަށް މަޢުލޫމާތު ދިނުން.
  • އައު މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.
  • މާއްދާތަކުގެ އިމްތިހާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިހާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތަށް މާކުކޮށް ނިންމުން.
  • ޕާރޓްޓައިމް ލެކްޗަރާރުން ކިޔަވައިދެއްވާ މާއްދާތަކުގެ އިމްތިހާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތައް މާކުކޮށް ނިންމުން.
  • ކިޔަވައިދޭ މާއްދާތަކުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތް ކުރުން.
  • ފަންނީ މުވައްޒަފުންގެ ބައްދަލުވުން ތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް މެނޭޖްމަންޓަށް އެހީތެރިވެދިނުން.
  • އެކަޑަމިކް ރިސަރޗް ކުރުމާއި، ރިސަރޗް ޕަބްލިޝް ކުރުމުގައި ފެކަލްޓީތަކުގެ ބޭފުޅުންނާއިއެކު މަސައްކަތް ކުރުން.
  • ޕޯސްޓް ގްރެޖުއޭޓް ރިސާރޗް ދަރިވަރުން ސުޕަރވައިޒް ކުރުން.
  • މާއްދާ ކޯޑިނޭޓް ކުރުމާއި ކޯސް ކޯޑިނޭޓް ކުރުން.
  • މަޤާމާއި ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

އެހެނިހެން އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިނާޔަތްތައް ދެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (މަސައްކަތާ ގުޅުންހުރި ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • އެޕްލިކޭޝަން ފޯމް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • އައިޑީކާޑު / ޕާސްޕޯރޓްގެ މުއްދަތު ހަމަނުވާ ކޮޕީ
  • ކުރިން މަސައްކަތް ކޮށްފައިވާ ތަންތަނުގެ ލިޔުން (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ސުންގަޑި:

މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 02 ޖެނުއަރީ 2019 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

20 ޑިސެންބަރު 2018
ހޯދާ