އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

                              އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް               

        މިސްކޫލުގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • ޑެސްކް މަރާމާތުކުރުން.
  • މެއިންގޭޓްގެ ތަޅުންގަނޑު ބަދަލުކުރުން.

            ވީމާ އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޑިސެންބަރު 2018

ވާ ހޯމަ ދުވަހުގެ 11:00އަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ

11:00އަށް އެސްޓިމޭޓް ހިއްޕަވައިގެން ސްކޫލަށް ދުރުވެދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށައަޅާ އަންދާސީ ހިސާބު

ޤަބޫލު ނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އިތުރު ވަގުތުތަކުގައި މަޢުލޫމާތު

ދިނުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ. ނަމަވެސް މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އެސްޓިމޭޓް ތައްޔާރުކުރުމަށް އިތުރު

މަޢުލޫމާތު ބޭނުންނަމަ 6580316 ނަންބަރާ ގުޅުއްވުމުން އެމަޢުލޫމާތު ދެވޭނެއެވެ.

                                 13 ރަބީޢުލް އާޚިރު 1440

                                 20 ޑިސެންބަރ 2018

20 ޑިސެންބަރު 2018
ހޯދާ