ހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
2019ވަނަ އަހަރު ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން 

1 ޖަނަވަރީ 2019 އިން ފެށިގެން 2019ވަނަ އަހަރުގެ ނިޔަލަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިސްކޫލްގެ ނަމްބަރ GS54/IUL/2018/29 އިއުލާން ބާޠިލްވުމާއި ގުޅިގެން އަލުން މިސަސައްކަތަށް އަގުހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ވީމާ މިސަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހުޅުދޫސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ. 

މަޢުލޫމާތު ސާފުކުރުން  އަންދާސީ ހިސާބު ހުށައޅުން 
26 ޑިސެމްބަރ 2018ވާ ބުދަ ދުވަހު 09:00 އަށް 2 ޖެނުއަރީ 2019ވާ ބުދަ ދުވަހު 09:00 އަށް 

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި އަންފާސީ ހިސާބު ހުށައެޅުމަށް އޮންނަ ގަޑީގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަގައްޔާއި ބީލަން ހުށައެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެއްވޭނީ އެއްފަރާތަކަށެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6894068 ނަންބަރު ފޯނާއެވެ. 

 

20 ޑިސެންބަރު 2018
ހޯދާ