މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޕާޓްޓައިމް ލެކްޗަރުން
ބޭނުންވާ އަދަދު :15

މަޤާމް

ޕާޓްޓައިމް ލެކްޗަރުން

މަސައްކަތް ކުރަންޖެހޭތަން

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (ޕަބްލިކް ސަރވިސް މީޑިއާ)

ބޭނުންވާ ޢަދަދު

15

ކޯސް/ޕްރޮގްރާމް އަދި މުއްދަތު:

1- ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް  (4 މަސް)

2- ސެޓްފިކެޓް 1 އިން ޓީވީ ޕްރެޒެންޓިންގ އެންޑް ނިއުސް ރީޑިންގ  (1 މަސް)

3- ސެޓްފިކެޓް 1 އިން ޓީވީ ޕްރޮޑަކްޝަން  (1 މަސް)

4- ސެޓްފިކެޓް 3 އިން ޖާނަލިޒަމް  (3 މަސް)

5- ސެޓްފިކެޓް 3 އިން ބްރޯޑްކާސްޓް މެނޭޖްމަންޓް  (3 މަސް)

6- އެޑްވާންސް ސެޓްފިކެޓް އިން ވީޑިއޯ އެންޑް ފިލްމް ޕްރޮޑަކްޝަން(ޝޫޓިންގ)  (1 އަހަރު)

7- ޑިޕްލޮމާ އިން ވީޑިއޯ އެންޑް ފިލްމް ޕްރޮޑަކްޝަން(ޝޫޓިންގ)  (1 އަހަރު)

މަޤާމުގެ ޝަރުތު:

ގުޅޭ ދާއިރާއަކުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

މަޤާމުގެ މަސްއޫލިއްޔަތު:

ހަވާލުކުރެވޭ މޮޑިއުލްތަކާ އެއްގޮތަށް ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި އިމްތިހާން ދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ކަމުގެ ސިޓީ

- ލިބިފައިވާ ތަޢުލީމާއި ތަޖްރިބާ ބަޔާންކޮށް ވަނަވަރު (ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީއާއިއެކު)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

- މަސައްކަތު ތަޖްރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

އިންޓަވިއު:

މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ސުންގަޑި

31 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 16.00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި ލިޔުންތައް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓަށް ނޫނީ އީމެއިލް (އީމެއިލް އެޑްރެސް: [email protected]) މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް 3000340 އަށް ގުޅުއްވުން އެދެމެވެ.

19 ޑިސެންބަރު 2018
ހޯދާ