ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ އެތެރޭގައި ޕާޓިޝަންޖަހައި ބައެއް އިންޓީރިއަރ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ދިވެހިރާއްޖޭގެ ހައިކޯޓުގެ އެތެރޭގައި ޕާޓިޝަންޖަހައި ބައެއް އިންޓީރިއަރ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިޑިޕާޓްމަންޓުގެ ނަންބަރު 198-F/2018/109 އާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 1 ވަނަ އަދި 2 ވަނަ އަށް އެންމެ ގިނަ މާކްސް ލިބިފައިވާ ފަރާތުންވެސް މަސައްކަތާއި ޙަވާލުވެފައިނުވާތީ، އެ އިޢުލާނާއި އަންދާސީ ހިސާބުތައް ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މިކަމާއިބެހޭ މަޢުލޫމާތުޝީޓް މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބެންހުންނާނެއެވެ. މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 ޑިސެމްބަރ 23 ވާ އާދިއްތަ ދުވަހުގެ 14:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޑިސެމްބަރ 25 ވާ ބުދަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ރަބީޢުލްއާޚިރު 1440

19 ޑިސެންބަރު 2018
ހޯދާ