ކަނޑުހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ކަނޑުހުޅުދޫ ސުކޫލުގައި ފާޚާނާއެއް އިމާރާތްކުރުން

އިޢުލާން

 

ޕްރީސުކޫލް ދަރިވަރުންނަށް ފާޚާނާއެއް އިމާރާތް ކުރުމުގެ މަސައްކަތް

 މިސުކޫލުންދެވޭ މަޢުލޫމާތާއި  އެއްގޮތައް  އަމިއްލަ ތަކެތީގައި  ފާޚާނާއެއް އިމާރާތްކޮއްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.  

ވީމާ، މިމަސައްކަތް  ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ގއ. ކަނޑުހުޅުދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު މިސުކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ސާފުކުރުން:             24 ޑިސެންބަރ 2018 ވާ ހޯމަ       ދުވަހުގެ 13:00

އަންދާސީ ހިސާބު ހުށަހެޅުން:          31 ޑިސެންބަރ 2018 ވާ ހޯމަ       ދުވަހުގެ 13:00 

 

އަދި ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 14:00 އަށް 7983078 ނަންބަރު ފޯނާއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޑިސެންބަރ 2018

18 ޑިސެންބަރު 2018
ހޯދާ