ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ސ.ހުޅުމީދޫ ފިހާރައިގެ ވިޔަފާރިޔަށް ގެންދާ މުދާ ބޯޓުތަކުން ބޭލުމާއި، ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިން އަންގާ ތަނެއްގައި، އަމިއްލަ ވެހިކަލް އާއި މީހުން ބޭނުންކޮއްގެން ގުދަން ކުރުމުގެ މަސައްކަތް 2 އަހަރު ދުވަހައް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެވެރިފަރާތް:ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ.

ރަޖިސްޓަރީކުރުން:ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2018 ޑިސެމްބަރ 26 ވާ ބުދަ ދުވަހުގެ 11:00  ގެ ކުރިން އެސް.ޓީ.އޯ ސ.ހުޅުމީދޫ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސްދޫކުރުން:ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 ޑިސެމްބަރ 26 ވާ ބުދަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2018 ޑިސެމްބަރ 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ސ.ހުޅުމީދޫ ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއިޖަވާބު:ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2018 ޑިސެމްބަރ 30 ވާ އާދީއްތަ ދުވަހުގެ 11:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 ޑިސެމްބަރ 31 ވާ ހޯމަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 ޖެނުއަރީ 6 ވާ އާދީއްތަ ދުވަހުގެ 14:00 ގައި   އެސް.ޓީ.އޯ ސ.ހުޅުމީދޫ ފިހާރައިގައެވެ.

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

ފޯނު:    3344262,3012691

ފެކުސް:  3344633

އީމެއިލް: [email protected]   

19 ޑިސެންބަރު 2018
ހޯދާ