މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާ ފުރުސަތު ( ޕްރީސްކޫލަށް ޓީޗަރުން ހޯދުން)

އިޢުލާން

ވަޒީފާ ފުރުސަތު ( ޕްރީސްކޫލަށް ޓީޗަރުން ހޯދުން   

މަޤާމް: ނާސަރީ ޓީޗަރ (ޕާޓްޓައިމް)

ބޭނުންވާ އަދަދު: 01 (އެކެއް)

 

މުސާރަ: މަހަކު -/3000 ރުފިޔާ

ވަޒީފާގެ މުއްދަތު: 30 ނޮވެންބަރު 2019 ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭތަން: އަލިފުށީ ޕްރީސްކޫލް

 

 

މަޤާމުގެ ޝަރުތު

 

ނާސަރީ ޓީޗަރ

މަޤާމުގެ މަސައްކަތް ކުރުމުގެ ޙުނަރު / ޤަބިލުކަން ސާބިތުކޮށްދިނުމާއި އެކު، ސާނަވީ އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކެންޑަރީ ސްކޫލުގެ ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

  1. ޕްރީސްކޫލުންގެ ދަރިވަރުންނަށް ކިޔަވައިދިނުން.
  2. ޕްރީސްކޫލުން ފާހަގަކުރާ އެންމެހާ ދުވަސްތައް ފާހަގަކުރުމާއި، ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  3. ޕްރީސްކޫލު ހިންގުމުގައި މެނޭޖްމެންޓަށް އެހީތެރިވެދީ އެއްބާރުލުން ދިނުން.
  4. މީގެއިތުރުންވެސް ވަޒީފާގެ މަސްޢޫލިއްޔަތާއިގުޅޭގޮތުން، ޕްރީސްކޫލު ހިންގަން ހަވާލުވެ ހުންނަވާ ވެރިޔަކު އަންގަވާ ކަންކަން ކުރުން.

 

ސުންގަޑި:

30 ޑިސެންބަރު 2018 ވަނަ ދުވަހުގެ 0013:

 

އިތުރު މަޢުލޫމާތު:

 

ހޯއްދެވުމަށް ގުޅުއްވާނީ 7781343 ނަންބަރާއެވެ.

 

އިންޓަވިއުކުރުން

ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކަށް ބޭއްވޭ އިންޓަވިއު އޮންނަ ދުވަހެއް ފަހުން އެންގޭނެއެވެ. އިންޓަވިއު ބޭއްވޭނީ ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައެވެ. ޝަރުތު ހަމަވާ ފަރާތެއްކުރިމަތިލައިފައި ނުވާ ޙާލަތުގައި، މުވައްޒަފަކު ނެގުމަށްޓަކައި ޝަރުތުހަމަނުވާ ފަރާތްތަކުގެ މެދުގައިވެސް އިންޓަވިއު ކުރިއަށް ގެންދެވޭނެވެއެވެ. 

ޝަރުތުހަމަނުވާ ފަރާތެއްނަމަ ވަޒީފާ ހަމަޖެއްސޭނީ 3 (ތިނެއް) މަސްދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. މި މުއްދަތުގެ ތެރޭގައިވެސް ޝަރުތު ހަމަވާފަރާތެއް ނުލިބެއްޖެނަމަ، ވަޒީފާ އަދާކުރަމުންދާ ޝަރުތުހަމަނުވާ ފަރާތުގެ ކޮންޓްރެކްޓް އިތުރު ކުރުމުގެ އިޙްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

 

       

 

  

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ވީމާ، މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއިއެކު އެހެނިހެން ލިޔުންތައް ފުރިހަމަ ކުރެއްވުމަށްފަހު، އެޓެސްޓުކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި އެކު އަލިފުށީ ކައުންސިލް އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިފޯމް އަލިފުށީ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

    

17 ޑިސެންބަރު 2018

18 ޑިސެންބަރު 2018
ހޯދާ