ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑި ދޯނިފަހަރަށް ފެންދޫކުރާ ނިޒާމުގައި ކުރަންހުރި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

އޮޑި ދޯނިފަހަރަށް ފެންދޫކުރުމަށްޓަކައި މިކައުންސިލްގެ ފަރާތުން ބަނދަރު ސަރަހައްދުގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމުގައި ކުރަންހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ކަރުދާސް ދޫކުރުން އޮންނާނީ 2018 ޑިސެމްބަރ 18 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ން ފެށިގެން 2018 ޑިސެމްބަރ 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިންނެވެ. ބީލަން ކަރުދާސް ނެންގެވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައިކަން އެނގޭނެ ސިޓީއަކާއި ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. ކުންފުންޏެއް ނުވަތަ ވިޔަފާރި ހުއްދައެއްގެ ދަށުން ބީލަން ކަރުދާސް ނަންގަވާނަމަ ރެޖިސްޓްރީ/ހުއްދައިގެ ކޮޕީ ހުށަހަޅަންވާނެއެވެ. ބީލަން ކަރުދާސް ނުނަންގަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2018 ޑިސެމްބަރ 31 ވާ ހޯމަ ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ބީލަން ކަރުދާސް ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 2018 ޑިސެމްބަރ 18 ވާ އަންގާރަ ދުވަހުން ފެށިގެން 2018 ޑިސެމްބަރ 30 ވާ އާދީއްތަ ދުވަހުގެ 13:00 އާއި ދެމެދު ވިލުފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ.

17 ޑިސެންބަރު 2018
ހޯދާ