މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓް ޢިމާރާތުގެ ފުރާޅުގެ ދިޔަދޮވިން ފެން ލީކުވުމުގެ ސަބަބުން ޢިމާރާތައް ލިބިފައިވާ ގެއްލުންތައް އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓް ޢިމާރާތުގެ ފުރާޅުގެ ދިޔަދޮވިން ފެން ލީކުވުމުގެ ސަބަބުން ޢިމާރާތައް ލިބިފައިވާ ގެއްލުންތައް އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން މިކޯޓުންކުރި ނަންބަރު: D12C-A/2018/12 އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ޙާޞިރުވެފައި ނުވާތީވެ، އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ޑިސެމްބަރު 24 ވަނަ ދުވަހުގެ 11:00 އަށް ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޑިސެމްބަރު 31 ވަނަދުވަހުގެ 11:00އަށް ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު  ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

10 ރަބީޢުލްއާޚިރު 1440

17 ޑިސެންބަރު 2018
ހޯދާ