މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. ދިއްގަރުން ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތާއިމެދު ޝަކުވާ ހުށަހެޅުމާއި ގުޅޭ

                  މ. ދިއްގަރުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކަށް ގޯއްޗައްއެދި ފޯމު ހުށަހެޅުމަށް މި އިދާރާއިން ކޮށްފައިވާ ނަންބަރު 368/IUL/2018/34 (30 އޮގަސްޓް 2018)  އަދި 368/IUL/2018/38  (25 ސެޕްޓރމްބަރު 2018) އިޢުލާނާއި ގުޅިގެން ބަންޑާރަ ގޯއްޗައްއެދި ހުށަހަޅާފައިވާ ފޯމުތަކަށް މުލަކަތޮޅު ދިއްގަރުން ބަންޑާރަގޯތި ދޫކުރުމަށް އެކުލަވާލާފައިވާ ކޮމެޓީން ޕޮއިންޓް ދީފައިވާގޮތުގެ ތަފްޞީލް އާއްމުކޮށް އިޢުލާނު ކުރަމެވެ.

                  ވީމާ، ޕޮއިންޓް ދީފައިވާ ގޮތާއިމެދު ޝަކުވާ ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދޭ ފޯމު ނަންގަވައި ފުރުއްވުމަށްފަހު، 20 ޑިސެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެކަމަށް އެދޭ ފޯމު ރަސްމީގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.  

16 ޑިސެންބަރު 2018
ހޯދާ