ދިވެހިރާއްޖެ
ނަންބަރ: IUL)MMPRC/PRIV/2018/28)
އިޢުލާން
ޢަރަބިއަން ޓްރެވަލް މާކެޓް (އޭ.ޓީ.އެމް) ފެއަރ 2019، 2020، 2021ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތްކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުން
ދުބާއީގައި ބާއްވާ ޢަރަބިއަން ޓްރެވަލް މާކެޓް (އޭ.ޓީ.އެމް) ފެއަރ 2019، 2020، 2021 ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި ކޯޕަރޭޝަނުން ވަކި ސީރިއަލް ނަމްބަރެއް ދީފައިވާ "ރިކުއިސްޓް ފޯރ ޕްރޮޕޯސަލް" (އާރ.އެފް.ޕީ) އެއް 2018 ޑިސެމްބަރ 13 ން 2018 ޑިސެމްބަރ 31 ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 14:00 އާއި ދެމެދުގެ ވަގުތުތަކުގައި، މި ކޯޕަރޭޝަނުން (ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގި އިމާރާތުގެ 1 ވަނަ ފަންގި ފިލާ، މަޖީދީ މަގު) -/500 (ފަސްސަތޭކަ) އެމެރިކާ ޑޮލަރަށް ލިބިވަޑައިގަންނަވާނެއެވެ. މި ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ. އާރ.އެފް.ޕީ ގަންނަންވާނީ އޭ.ޓީ.އެމް ފެއަރ 2019، 2020، 2021 ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށް އިމާރާތް ކުރުމަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމުގައެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 2019 ޖެނުއަރީ 24 ވަނަ ދުވަހުގެ 15:00 ގައެވެ. ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައިގައެވެ. އަދި ޕްރޮޕޯސަލްގެ ސޮފްޓް ކޮޕީއެއް އީމެއިލް ކުރައްވަންވާނެއެވެ. ސިޓީ އުރައިގެ ބޭރުގައި " އައި.ޓީ.ބީ ފެއަރ 2019، 2020، 2021 ގެ ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް ހުށައަޅާފައިވާ ފަރާތްތަކުގެ ނަންތައް އަދި އަގުތައް ހިމެނޭ މަޢުލޫމާތު ޝީޓެއް ޕްރޮޕޯސަލް ހުށައަޅާ ފަރާތްތަކަށް އީމެއިލް ކުރެވޭނެވާހަކަ ދެންނެވީމެވެ.
ޕްރޮޕޯސަލް ފޮނުވަންވީ އީމެއިލް އެޑްރެހަކީ؛ [email protected]
ކޮޕީކުރައްވާނީ [email protected]
އިތުރު މައުލޫމާތު ހޯއްދެވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން ނުވަތަ ނަންބަރަށް ގުޅުއްވުން އެދެމެވެ.
އިބްރާހީމް އާސިމް
ޑިރެކްޓަރ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް
01 ވަނަ ފަންގިފިލާ، (ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގި އިމާރާތް)
މާލެ، ދިވެހިރާއްޖެ
ފޯން: 3323228، 3331826
އީ-މެއިލް: [email protected]
6 ރަބީޢުލްއާޙިރް 1440
13 ޑިސެމްބަރ 2018