ރ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ހަތަރު ކުލާސްރޫމް ޢިމާރާތުގެ ބޭރުގައި ކުލައާއި ދަވާދުލުން

          މިމަރުކަޒުގެ އިރުމަތި ފަރާތުގައި ހުރި ހަތަރު ކުލާސްރޫމް ޢިމާރާތުގެ ބޭރުގައި ކުލައާއި ދާވަދުލުގެ މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.    

         ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މިމަރުކަޒަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ތާރީޚް

އަންދާސީ ހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚް

20 ޑިސެމްބަރ 2018 (ބުރާސްފަތި)

ގަޑި: ހެނދުނު 10:00

26 ޑިސެމްބަރ 2018 (ބުދަ)

ގަޑި: ހެނދުނު 10:00

                  

         އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ސިޓީއަކާއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބާޠިލު ކުރެވޭނެކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިމަރުކަޒުގެ 6580031 ނަންބަރު ފޯނާއެވެ.

13 ޑިސެންބަރު 2018
ހޯދާ