ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސަރވަރއެއް ގަންނަން ބޭނުންވެއްޖެ

މި ބިއުރޯއިން ދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް ސަރވަރއެއް ގަންނަން ބޭނުންވެއްޖެއެވެ.  

 

ވީމާ މި ތަކެތި ވިއްކެވުމަށް އެދިލައްވާ ފަރާތްތަކުން 2018 ޑިސެމްބަރ 17 ވަނަ ދުވަހު 11:00 އަށް މި ބިއުރޯ ހިނގަމުންދާ ޢިމާރާތް، ދާރުލް އީމާން ބިލްޑިންގ ގެ 8 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޑިސެމްބަރ 20 ވަނަ ދުވަހުގެ 11:00 އަށް މި ބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

 

މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008444/3008484 އަށް ގުޅުއްވުން އެދެމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުންއެދެމެވެ.

12 ޑިސެންބަރު 2018
ހޯދާ