ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ އަޕްގްރޭޑިންގ އަދި ވޭސްޓްމެނޭޖްމެންޓް ޕްރޮޖެކްޓުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ހުޅުވާލުން

 

ނަންބަރު:IUL)415-HR/415/2018/77)

އިޢުލާން

ވަޒީފާގެ ފުރުޞަތު

ތިނަދޫ ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ އަޕްގްރޭޑިންގ އަދި ވޭސްޓްމެނޭޖްމެންޓް ޕްރޮޖެކްޓުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ހުޅުވާލުން

ތިނަދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އަޕްގްރޭޑިންގ ޕްރޮޖެކްޓްގެ ތިރީގައި މިދަންނަވާ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 މަޤާމް:

ލޭބަރ

ބޭނުންވާ ޢަދަދު:    02

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 02 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

މުސާރަ

މަހަކު 5,000/- (ފަސް ރުފިޔާ)

ތަޢްލީމީ ފެންވަރު: އަސާސީ ތަޢްލީމުގެ ފެންވަރަށް ލިޔަންކިޔަން ދަތުން،

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. އަމިއްލަ އިސްނެގުމާއެކު މީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ހުރުން.
  2. މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަދަ ރަނގަޅު ޞިއްޙަތެއްގައި ހުރުމާއެކު، ރަށުގެ އެކި ސަރަޙައްދުގައި މަސައްކަތް ކުރެވޭ ފަދަ ޤާބިލުކަން ހުރުން.
  3. ގަސްގަހާއި ރުއްރުކަށް އަރައި އުޅެވޭ ފަދަ ޤާބިލުކަން ހުރުން (މިވަޒީފާއަށް ކުރިމަތިލާ ފިރިހެނުންނަށް އެކަނި)

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތިނަދޫ ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ އަޕްގްރޭޑިންގ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުން.
  2. ތިނަދޫ ވޭސްޓްމެނޭޖްމެންޓް ސެންޓަރުގައި ކުނިމެނޭޖު ކުރުމާއި ގުޅޭ  މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސިޓީ.

2-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ސުންގަޑި:

27 ޑިސެމްބަރު 2018 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް.

         

 ވީމާ، މިވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނު ޢާޢްމުކުރާ ދުވަހުން ފެށިގެން މުއްދަތު ހަމަވާ ތާރީޚާއި ހަމައަށް ބޭނުންވާ ޢަދަދު ހަމަވަންދެން މީހުން ނެގުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ސިޓީ ހުށަހެޅުމުން ރަސްމީ 2 ދުވަހުގެ ތެރޭގައި އިންޓަވިއުކޮށް، ޤާބިލު ފަރާތެއްތޯ ބަލައި، ވަޒީފާއަށް ނެރުމަށްވަނީ ހަމަޖެހިފައެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

04 ރަބީޢުލްއާޚިރް 1440

11 ޑިސެމްބަރު 2018

11 ޑިސެންބަރު 2018
ހޯދާ