މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ސ.ގަމާއި ސ. ހިތަދޫގައި މަސައްކަތްކުރާ ސިފައިންގެ ބޭފުޅުންނަށް ކައްކާ ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އެދިލެއްވުމުގެ މަތިން، ސ.ގަމާއި ސ. ހިތަދޫގައި މަސައްކަތްކުރާ ސިފައިންގެ ބޭފުޅުންނަށް ކައްކާ ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)13-K/13/2018/121 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، މިމަސައްކަތަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  2018 ޑިސެންބަރު 13 އިން 2018 ޑިސެންބަރު 27 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 12:00އަށް،  ނަންނޯޓް ކުރެއްވުން އެދެމެވެ.  
  3. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ޑިސެންބަރު 20 ވާބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވުންއެދެމެވެ.
  4. ބިޑު ހުޅުވުން އޮންނާނީ 2018 ޖަނަވަރީ 03ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. މިޕްރޮޖެކްޓްއާއި ގުޅޭ އެންމެހާ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  6. މިޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތްތަކުން ކައްކާ ކާންދިނުމުގެ ކަންތައްތައް އިންތިޒާމް ކުރަންޖެހޭނީ އެރަށެއްގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.
  7. ހުށަހަޅާ އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްޞީލް މިޕްރޮޖެކްޓްގެ މަޢުލޫމާތު ޝީޓުގައި ހިމެނިފައިވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ނެޝަނަލް ޓެންޑަރ

 މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

 އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

 ފޯން    : 3349296       3349115

 އީ-މެއިލް : [email protected]

 ކޮޕީ    : [email protected] 

12 ޑިސެންބަރު 2018
ހޯދާ