ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
2019 ވަނަ އަހަރަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިއުލާން
އަންދާސީ ހިސާބު ހުށައެޅުމުގެ ދައުވަތު

2019 ވަނަ އަހަރަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

                 މިސްކޫލުގެ GS103/IUL/2018/23 ނަމްބަރ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކުރުމަށް ވަޑައިގެންފައި ނުވާތީ އެއިއުލާނު ބާތިލްކޮށް، މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިއުލާނު ކުރަމެވެ.
                 މިސްކޫލުން ދެއްވާ މައުލޫމާތާއި އެއްގޮތަށް 1 ޖެނުއަރީ 2019 އިން 31 ޑިސެމްބަރ 2019 އަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު ކުންފުނި/ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ފޮނުއްވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާރޑް ގެންނެވުން އެދެމެވެ. އަދި ދަންނަވަމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
                 ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.
                                        5 ރަބީޢުލްއާޚިރު 1440
                                        12 ޑިސެމްބަރ 2018

12 ޑިސެންބަރު 2018
ހޯދާ