ހަނިމާދޫ ސްކޫލް، ހދ. ހަނިމާދޫ
ދިވެހިރާއްޖެ
ކުލާސްތަކުގައި ކުލަލުމާއި އިމާރާތްތައް މަރާމާތު ކުރުން

ހަނިމާދޫ ސްކޫލް                            

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

  

ނަންބަރ:GS60(B)/2018/075

އިޢުލާނު

ކުލާސްތަކުގައި ކުލަލުމާއި އިމާރާތްތައް މަރާމާތު ކުރުމާ ބެހޭ                   

            2019 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން މި ސްކޫލްގެ ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  1. ހުޅަނގު ފަރާތުގެ އިމާރާތްތަކުގެ ބޭރުގައި ވެދަރ ބޮންޑު ކުލަލުން
  2. ކުލާސްރޫމް ތަކުގެ އެތެރެފަރާތުގައި ކުލަލުން
  3. މުޅި ސްކޫލްގެ އިމާރާތް ތަކުގައި ކަނޑައިގެން ގޮސްފައިވާ ތަންތަން ބައްދައި ސިމެންތި ޖަހައި ކުލަލުން

           ވީމާ، މިކަމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކޮށް، އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ތަން

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

18 ޑިސެންބަރ 2018

10:00 ހެނދުނު

ހަނިމާދޫ ސްކޫލް އޮފީސް

އަންދާސީ ހިސާބު ހުށައެޅުން

24 ޑިސެންބަރ 2018

10:00 ހެނދުނު

          މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

          ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                                 05 ރަބީޢުލްއާޚިރް 1440

                                 12 ޑިސެންބަރ 2018

12 ޑިސެންބަރު 2018
ހޯދާ