ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް މީހަކު ހޯދުން

އިޢުލާން

 

މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

މަޤާމުގެ ނަންބަރު:

J-229299

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަގާމުގެ ރޭންކް:

ޖީ.އެސް 3 (ޖެނެރަލް ސަރވިސް 3)

މަގާމުގެ ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ، ހއ. މާރަންދޫ (ޔުނިޓް: ކޯޕަރޭޓް އެފެއާޒު)

މުސާރަ:

-/4465ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ (މަހަކު)

ސަޕޯޓިންގ ކޯ އެލަވަންސް 2:

-/700 ރުފިޔާ (މަހަކު)

އުޖޫރައާއި އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ރަމަޟާންމަހުގެ އިނާޔަތުފައިސާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ރިސެޕްޝަން ބެލެހެއްޓުމާއި، އެޕޮއިންޓްމަންޓްތައް ހަމަޖެއްސުން

2- އިދާރާއާއި އިދާރާއާ ގުޅިފައިވާ ތަންތަނަށް ބޭނުންވާތަކެތި ހޯދުން

3- ސްޓޮކް ބެލެހެއްޓުން

4- ފައިސާ ބަލައިގަތުން

5- ލިބޭފައިސާ ދުވަހުގެ ފޮތަށް އެރުވުމާއި ތިޖޫރީއަށް ޖަމާކުރުމާއި އައިޓަމް ބާކީއަށް ނެގުން

6- ޚަރަދުވައުޗަރ ތައްޔާރުކުރުން

7- ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން

8- ޗެކްޙަވާލުކުރުމާއި ޗެކް ރަޖިސްޓްރީ ބެލެހެއްޓުން

9- އިދާރާއަށްލިބޭ އާންމުދަނީގެ ފައިސާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

10- ބަޖެޓާ ނުބެހޭ ފައިސާގެ ހިސާބުތައް ލިޔެ ބެލެހެއްޓުން

11- ފައިސާއާއިގުޅޭ ރިޕޯރޓްތައް ތައްޔާރުކުރުން

12- ޒަކާތާއި ގުޅޭ ކަންތައްތައް ކުރުން

13- ފައިސާ ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ފާއިސާ ޙަވާލުކުރުން

14- ތިޖޫރީ ރިޕޯރޓް އަދި މުވައްޒަފުންގެ ޙާޟިރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން

15- އިދާރާއިން ފޮނުވަންޖެހޭ ސިޓީ، މެސެޖް، ލިޔުން ތައްޔާރު ކުރުމާއި ފޮނުވުން

16- މުވައްޒަފުންގެ ޙާޟިރިއާއި ޗުއްޓީއާއި ސަލާމުގެ ކަންކަން ބެލެހެއްޓުން

17- އިދާރާއިން ޙަވާލުކުރަންޖެހޭ ތަކެތި ޙަވާލުކުރުން

18- ކައުންސިލް އިދާރާއިންކުރާ ދަތުރުތައް ހަމަޖެއްސުން

19- މުއާސަލާތާއިބެހޭ ތަކެއްޗާއި މެޝިނަރީއާއި އިމާރާތް މަރާމާތުކޮށް ބެލެހެއްޓުން

20- އިދާރާގެ ކޮންޕިއުޓަރުތަކަށް ބޭނުންވާ ސޮފްޓްވެއަރ ޕްރޮގުރާމްތައް ހޯދުން

21- ކުރިއަށް އޮންނަ އަހަރުގެ ލަފާކުރާ ބަޖެޓްގައި ހިމަނަންޖެހޭ މަޢުލޫމާތުތައް ޗެކްކުރުމަށްފަހު ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވުން

22- ފައިލް ކުރުން

23- މުވައްޒަފުން ލެއްވުމާއި ބަދަލުކުރުމާއި ވަކިކުރުމާއި ބެހޭ ކަންތައްތައް ބެލެހެއްޓުން

24- ފޮތްތަކުގައި ނަންކޮޅު ހަރުކުރުމާއި ގަނޑު ލެއްވުމާއި ސެލޯފިން ލެއްވުމާއި އަދި ފައިލްތަކުގައި ނަންކޮޅު ހަރުކުރުން

25- ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

26- ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

މަޤާމުގެ ޝަރުތުތައް:

ސާނަވީ ނުވަތަ އެއާއި އެއްފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑްރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 

  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 

  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަކުންފުންޏެއްނުވަތައަމިއްލައިދާރާއެއްގައިވަޒީފާއަދާކޮށްފައިވާނަމައަދާކޮށްފައިވާވަޒީފާ، ވަޒީފާއަދާކުރިމުއްދަތާއި، ވަޒީފާގެމަސްއޫލިއްޔަތުއަދިމަސައްކަތްކޮށްފައިވާތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު، ކަނޑައެޅިފައިވާ އިންސައްތަ 35

2. ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާނު، ކަނޑައެޅިފައިވާ އިންސައްތަ 10

3. ލިބިފައިވާ މަސައްކަތު ތަޖުރިބާ، ކަނޑައެޅިފައިވާ އިންސައްތަ 15

4. އިންޓަވިއު / ލިބިފައިވާ ހުނަރު، ކަނޑައެޅިފައިވާ އިންސައްތަ 40

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޑިސެންބަރ23 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ހއ.މާރަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]އަދި ފެކްސް 6500061 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،25ޑިސެންބަރު2018 އާ 30ޑިސެންބަރު2018 އާ ދެމެދު، ހއ.މާރަންދޫ ކައުންސިލް އިދާރާ ގައެވެ.  ވުމާއެކު، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

                       

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500029 ނަންބަރު ފޯނާއެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6500061 އެވެ.އީ-މެއިލް ކުރާނީ[email protected]އަށެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

05 ރަބީޢުލްއާޙިރު 1440

12 ޑިސެންބަރު 2018

12 ޑިސެންބަރު 2018
ހޯދާ