ދިވެހިރާއްޖެ
ނަމްބަރ: IUL 297-AD/297/2018/42
އިޢުލާން
ކޮންޓްރެކްޓް އެމްޕްލޯއީމަންޓްގެދަށުން ބަދަރު ބަލަހައްޓާނެ މީހަކުބޭނުންވެއްޖެ
ކައުންސިލްގެ އިދާރާއިން ބަދަރު ބެލެހެއްޓުމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މަސައްކަތްކުރާނެ މީހަކު ބޭނުންވެއްޖެ.
މަޤާމް: ބަދަރުމަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާއަދާކުރަންޖެހޭ ތަން : ނ.ވެލިދޫކައުންސިލްގެ އިދާރާ / ނ.ވެލިދޫ
މަޤާމުގެ މުސާރަ: =/3100 (ތިންހާސްއެއްސަތޭކަ) ރުފިޔާ
ސަރވިސް އެލަވަންސް: =/1000 (އެއްހާސް) ރުފިޔާ
އުޖޫރައާއި އިނާޔަތްތައް: މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތަކާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މަޤާމުގެ ގިންތި: ކޮންޓްރެކްޓް
ކޮންޓްރެކްޓުގެ މުއްދަތު: 1 (އެކެއް) އަހަރު
ޔުނިޓް: ނ.ވެލިދޫކައުންސިލްގެ އިދާރާ / އިކޮނޮމިކް ސޯސަލް އެންޑް މުނިސިޕަލް ސަރވިސް
1- މަޤާމުގެ ޝަރުޠުތައް:
ލިޔަންކިޔަން، ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.
2- މިމަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ބަނދަރު، އެއްގަމުވާޓަރގަޔާއި ކަނޑުތޮށީގަޔާއި ކަނޑުތޮއްޓަށްއަރާފާލަމުގެ ޗެންޗޭނުހޮޅިތަކުގައި ލައްޖެހިޔަނުދީފޮހެސާފްކުރުން، އަދި މިޗެންޗޭނުތަކަށް މީހަކު ނުވަތަ ބަޔަކު ގެއްލުމެއްދޭތޯބަލާ ބެލެހެއްޓުން.
- ކަނޑުތޮށީގެ ވެލިއިންނަބައިގައި ފަޅާ ވިނަނޮޅާ އިންދާހައްދާ ރުކާއި ގަހުންއެޅޭފަތްފަދަ ތަކެތި ނަގާ ސާފްކުރުން.
- އެއްގަމުވާޓަރ،ކަނޑުތޮށި، ކަނޑުތޮއްޓަށްއަރާފާލަމުގެ ޝީޓްމައްޗާއި އެއްގަމުވާޓަރާގުޅިފައިވާ ގާޖެހި ޕޭމަންޓްމައްޗަށް އެޅޭ ވެލި، ފަދަ ތަކެތި ކަހާނަގާ ސާފްކުރުން.
- ކަނދުތޮއްޓާއި، އެއްގަމުޕޭމަންޓް ކައިރީގައި ގާއިމްކުރެވިފައިވާ ފެނުގެ ނިޒާމްރަގަޅަށް ބަލަހައްޓާ ފެނުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ރަށުންބޭރުއުޅަނދުފަހަރާއި ، ރަށުގެއުޅަނދުފަހަރަށް ފެންދޫކުރުން.
- ބަނދަރުގައި އުޅަނދުފަހަރުއަޅާ ބޭނުންކުރުމަށް އެއްގަމުތޮއްޓާއި ކަނޑުތޮށީގަޖަހާފައިވާ ބޯޑްތަކާއި ސްޓޭންޑްތައް ފޮހެސާފްކޮށް އެބޯޑް ތަކުގައިވާ ސަރަޙައްދުގައި ނޫންގޮތަކަށް އުޅަނދުފަހަރުއަޅާ ބޭނުންކުރަމުންދާނަމަ އެކަންހުއްޓުވައި ބަނދަރުބޭނުންކުރުމަށް ހަމަޖެހިފައިވާ އުޞޫލަށް ފެއްތުން.
- ބަދަރަށްބާލާތަކެތީގެ ތެރެއިން ބަރުމުދާ (ހިލަ، ހިލަވެލި، ރާއްޖެވެލި، އެޅިގާ ، ލަކުޑިފިލާ ފަދަ ބަރުމުދާ ޕޭމަންޓްމަތީ ޖައްސާނަމަ އެކަން ހުއްޓުވައި ޕޭމަންޓްގެ ބޭރުގައި ޖެއްސުވުން. އަދި މިގޮތަށް ބާލާތަކެތި ބާލާތާ 48 ގަޑިއިރުތެރޭގައި ނުގެންދާނަމަ އެފަދަތަކެތި ބަހައްޓާފައިވާ ފަރާތެއްބަލާ ކައުންސިލް އިދާރާއަށް އަންގާ އެފަދަތަކެތި ނެގުމަށް މަސައްކަތްކުރުން.
- ބަނދަރުމާލަމް ސާފްކޮށްބަލަހައްޓާ މާލަމްތެރެއަށް ދުއްވާ އުޅަނދުފަހަރާއި ބަރޯފަދަތަކެތި ވެއްދުން މަނާކޮށް އެކަން ހުއްޓުވުން.
- ބަނދަރު ބޭނުން ކުރުމަށް ހަމަޖެހިފައިވާ އުޞޫލާ ޚޮލާފަށް އެއްވެސް ފަރާތަކުން ޢަމަލްކުރާތަން ފެނުމުން އެކަމެއް ނުކުރުމަށް އެންގުމުން އެއެންގުމާއެއްގޮތަށް ޢަމަލްނުކޮށްފިނަމަ ވަގުތުން އެކަން ވެލިދޫޕޮލިސް ސްޓޭޝަނަށް އަންގާ ޕޮލިހުންގެ އެހީއާއެކު އެކަމެއް ހުއްޓުވުން.
- ފަޅުތެރޭގައި އޮޑިދޯނިފަހަރުގެ ވާއެއްސުމަށްއަޅާފައިވާ ބޯސަލުގެ ބޮއިކެނޑިއްޖެނަމަ އެބޮއިގެނެސް ކައުންސިލާ ހަވާލުކުރުން.
- ވާޓަރުކައިރިއަށް ފަޅުތެރޭން ޖަމާވާކުނި ނަގާސާފްކުރުން.
- ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް
- މަސައްކަތުގެ ދާއިރާއިން/ ލިބިފައިވާ ހުނަރު / ތަޖުރިބާ
- މަސައްކަތްކުރަން ދަންނަމިންވަރު
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 20ޑިސެމްބަރ 2018 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށްލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތުތަޖުރިބާދެނެގަތުމަށްމަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
މިމަޤާމަށް މީހުންހޮވުމަށް ބާއްވާ އިންޓަރވިއުއޮންނާނީ 2018 ޑިސެމްބަރ 24 އާއި 27 އާއި ދެމެދު ވެލިދޫކައުންސިލްގެ އިދާރާގައެވެ. މިވަޒީފާއަށްކުރިމަތިލައްވާފަރާތްތަކުން އެތާރީޚްގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ [email protected]އަށެވެ.
27 ރަބީޢުލްއާޚިރު 1439
10 ޑިސެމްބަރ 2018