ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ކެމްޕަހަށް ތަކެތި އުފުލައިދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

 

ގދ.އަތޮޅު މަދަރުސާގެ ތަކެތި ކެމްޕަހަށް އުފުލުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ވިޔަފާރީގެ އުޞޫލުން އަމިއްލަ ވެހިކަލާއި،މަޖޫރީން ބޭނުންކޮށްގެން މި މަދަރުސާގައިވާ ތަކެތި ކެމްޕަހަށް ގެންގޮސް ފުލޯތަކަށް އުފުލައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވުމާއެކު، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވަން ވާނެއެވެ.

 

އައިޓަމް/ތަފްޞީލު

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރެއްވުން

19-12-2018

ބުދަ

10:00

ގދ.އަތޮޅު މަދަރުސާ އެ އޮފީސް

އަންދާސީ ހިސާބު ހުށަހެޅުއްވުން

25-12-2018

އަންގާރަ

10:00

ގދ.އަތޮޅު މަދަރުސާ ގެ އޮފީސް

 

10 ޑިސެންބަރު 2018
ހޯދާ