މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
''ގަސްގަހާގެއްސާއި ގަހުގެ ބައިތައް ދިވެހިރާއްޖެއަށް އެތެރެކުރުމާބެހޭ ގަވާއިދު" ގެ ދެލިކޮޕީއަށް ޢާއްމުންގެ ޚިޔާލު ހުށަހެޅުމާ ގުޅޭ

ދިވެހިރާއްޖެއަށް އެތެރެކުރެވޭ ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ ޒަރީޢާއިން ޕެސްޓާއި (ގަސްގަހާގެއްސަށް ގެއްލުންދޭ ފަނިފަކުސައާއި، ސޫފާސޫތްޕާއި، އިންވޭސިވް އޭލިއަން ސްޕީޝީޒްގެ ގޮތުގައި ބެލެވޭ ގަހުގެ ބައެއް ވައްތަރުތައް) ގަސްގަހާގެއްސަށް ބަލިޖައްސާ ޖަރާސީމު، ރާއްޖެއަށް އެތެރެވުމާއި ތަޢާރަފުވުން ހުއްޓުވުމާއި، ގަސްގަހާގެއްސާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެކުރުން ރެގިއުލޭޓްކުރުމާއި، ފައިޓޯސެނިޓަރީ ޙާލަތުގައި އެތަކެތި ރާއްޖެއަށް އެތެރެކުރެވޭނެ، އަދި ރާއްޖޭގައި ޓްރާންސިޓްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަޤްޞަދުގައި މިމިނިސްޓްރީން އެކުލަވާލައިފައިވާ "ގަސްގަހާގެއްސާއި ގަހުގެ ބައިތައް ދިވެހިރާއްޖެއަށް އެތެރެކުރުމާބެހޭ ގަވާއިދު" ގެ ދެލިކޮޕީއަށް  ޢާއްމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު 20 ޑިސެންބަރު 2018 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ވާހަކަ ދެންނެވީމެވެ. މިގަވާއިދުގެ ދެލިކޮޕީ މިމިނިސްޓްރީގެ ވެބްސައިޓު ގައި ޝާއިޢުކުރެވިފައިވާނެއެވެ. ތިރީގައިމިވަނީ މި ޤަވާއިދުގެ ދެލިކޮޕީ މި މިނިސްޓްރީގެ ވެބްސައިޓްގައިވާ ލިންކެވެ.

http://www.fishagri.gov.mv/images/download/Plant_Regulation.pdf

 10 ޑިސެމްބަރ 2018

10 ޑިސެންބަރު 2018
ހޯދާ