ފުޅަދޫ ސްކޫލް/ ބ.ފުޅަދޫ
ދިވެހިރާއްޖެ
ސްކޫލުގެ ކަރަންޓް ވަޔަރިންގ އަލުން އަޅައި ތްރީފޭސް އަށް ބަދަލުކުރުން.

އިޢުލާން

ސްކޫލުގެ ކަރަންޓް ވަޔަރިންގ އަލުން އަޅައި ތްރީފޭސް އަށް ބަދަލުކުރުން.  

        މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ސްކޫލުގެ ކަރަންޓް ވަޔަރިންގ އަލުން އަޅައި ތްރީފޭސް ކަރަންޓަށް ބަދަލުކުރަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ  ތާރީޚަށް ފުޅަދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

17 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 10:00 އަށް

26 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ 10:00 އަށް

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން 12:00 އަށް 6600013 ނަންބަރު ފޯނާއެވެ.

މި މަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

03 ރަބީޢުލް އާޚިރް 1440ހ.

10 ޑިސެމްބަރ 2018މ

10 ޑިސެންބަރު 2018
ހޯދާ