ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
ކޮނޑޭ ސުކޫލުގައި ދަރިވަރުންގެ ފާޚާނާއެއް އިމާރާތްކުރުމަށް ބޭނުންވެއްޖެ.

މިސުކޫލުއިންދޭ މަޢުލޫމާތުތަކާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިސުކޫލުގެ ދަރިވަރުންނަށް ފާޚާނާއެއް އިމާރާތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސުކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހިއްޕަވައިގެން މިސުކޫލުގެ އޮފީހަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ދަރިވަރުންގެ ފާޚާނާއެއް އިމާރާތްކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

17 ޑިސެމްބަރ 2018 ވަނަ ދުވަހުގެ 12:30 އަށް

24 ޑިސެމްބަރ 2018 ވަނަ ދުވަހުގެ 12:30 އަށް

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލުކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (2014/18)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ 1 ފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެނުލައްވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 6820097 ފޯނަށް ގުޅުއްވުން އެދެމެވެ. 

10 ޑިސެންބަރު 2018
ހޯދާ