އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
ޕްރިންސިޕަލް ހުންނަވާނެ ގެ ކުއްޔަށް ހިފުން

                                                `

 
   

 

 

އޮމަދޫ ސްކޫލް

ތ.އޮމަދޫ

ދިވެހި ރާއްޖެ

އިޢުލާން

  

ނަންބަރު: GS-178/IUL/2018/18                                           ތާރީޚް:10 ޑިސެމްބަރ 2018

 

މިސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއްކުއްޔަށް ހިފަން ބޭނުންވެއްޖެ.

                                                                                                                                                                                                                                                         

                2019 ވަނަ އަހަރު މި ސްކޫލުގެ  އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށްހިފަން ބޭނުންވެއްޖެއެވެ. ވީމާމިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޑިސެމްބަރ 2018ވާ ބުރާސްފަތި ދުވަހުގެ   11:00ށް މި ސްކޫލް އޮފީހަށްދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު  27 ޑިސެމްބަރ 2018ވާ ބުރާސްފަތި ދުވަހުގެ   11:00ށް މިސްކޫލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

                މަޢުލޫމާތު ސާފްކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. މަޢުލޫމާތު ފޯމް ރަސްމީގަޑީގައި ސްކޫލް އޮފީހުން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.

                        މިހެންވެ މިކަން އާންމު ކޮށްއެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                03 ރަބީޢުލް އާޙިރް 1440ހ.   

                10 ޑިސެމްބަރ 2018 މ.

 

 

ޖަދުވަލު – 2

 

އަތޮޅުތެރޭގެ ސްކޫލްތަކުގެ އިސްވެރިން ތިބުމަށް ގެ ކުއްޔަށްދިނުމަށް ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތަކަށް      ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތައް

 

#

ޕޮއިންޓް ދެވޭނެ ބައިތައް

ޕޮއިންޓްގެ އަދަދު

1

(Proposed rent/Proposed lowest Rent x 60)ކުލި

 

60.00

2

ކަރަންޓް (ގޭގެވެރިފަރާތުން އިތުރުއަގަކާނުލައި ކަރަންޓް ދޭނަމަ)

 

10.00

3

ގެއާއި ސްކޫލާހުރި ދުރުމިން

 

5.00

3.1

ސްކޫލާ އެންމެކައިރި ގެ

5.00

 

3.2

ދެވަނައަށް އެންމެކައިރި ގެ

3.00

 

3.3

ތިންވަނައަށް އެންމެ ކައިރި ގެ

1.00

 

4

ގޭގައި ދިރިއުޅޭމީހުންނަށް ގޭގެވެރިފަރާތުން ކައްކައިދިނުން

 

10.00

4.1

ހެނދުނު ސައި، މެންދުރުގެ ކެއުން އަދި ރޭގަނޑުގެކެއުން ކައްކައިދިނުން

10.00

 

5

ގެއާއި ގޯތިތެރެ ސާފުކޮށްދިނުން

 

10.00

5.1

ދުވާލަކު އެއްފަހަރު ގެއާއިގޯތިތެރެއާއި ފާޚާނާތައް ސާފުކުރުން

10.00

 

6

ސެކިޔުރިޓީ ބެލެހެއްޓުން

 

5.00

6.1

ވެރިފަރާތުން ހިލޭ ސެކިޔުރިޓީ ބެލެހެއްޓުން

5.00

 

 

ޖުމްލަ:

 

100.00

 

 

ޖަދުވަލު - 3

 

އަތޮޅުތެރޭގެ ސްކޫލްތަކުގެ އިސްވެރިން ތިބުމަށް ގެ ކުއްޔަށްދިނުމަށް ހުށަހަޅާ ގެ ނުވަތަ އެޕާޓްމަންޓް ގެ ޝަރުތުތައް

1. ފަރުނީޗަރ / ޓީވީ / އައިސް އަލަމާރި / ދޮންނަމެޝިން.

2. ގޯތީގެ ވަށާފާރު.                           

3. ބޯފެނުގެ އިންތިޒާމް.

4. އެހެނިހެން.

5. އެޓޭޗްފާޚާނައާއި ބަދިގެއާއި ސިޓިންރޫމް ހުރި ދެ ކޮޓަރީގެ ގެއެއް ނުވަތަ އެޕާރޓް މެންޓަކަށް ވުން.

6. ގެ ނުވަތަ އެޕާރޓް މެންޓް ޢިމާރާތް ކުރެވިފައި ހުންނަންވާނީ ރާނައި ދެފަރާތުގައި ސިމެންތިޖަހައި ފާޚާނާތަކާއި ތަޅުމުގައި މުށިޖަހައި ސީލިންގް ކޮށް ކުލަލާފައި.

7. ގެ ނުވަތަ އެޕާރޓްމަންޓް ގެ ކޮޓަރިތަކާއި ސިޓިންގް ރޫމާއި ބަދިގޭގައި ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެތި ހުރުން.

8. އަލިފާން ނިވާފުޅި ބޭނުންކުރެވޭ ޙާލަތުގައި ހުރުން.

 

10 ޑިސެންބަރު 2018
ހޯދާ