ދިވެހިރާއްޖެ
މި އިޢުލާންވަނީ 12 ޑިސެންބަރު 2018 12:15 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާނު
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||||||||||||||||||||||||||||||||||||||
މަޤާމުގެ ނަންބަރު: |
J-124639 |
||||||||||||||||||||||||||||||||||||||
ބޭނުންވާ އަދަދު: |
01 (އެކެއް) |
||||||||||||||||||||||||||||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||||||||||||||||||||||||||||
މަޤާމުގެ ރޭންކް: |
ޖީ.އެސް 3 |
||||||||||||||||||||||||||||||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
||||||||||||||||||||||||||||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ޙަލާލ ސެޓްފިކޭޝަން އެންޑް ޕަބްލިކޭޝަން ޔުނިޓް / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ކ.މާލެ |
||||||||||||||||||||||||||||||||||||||
މުސާރަ: |
މަހަކު 4465.00ރުފިޔާ، |
||||||||||||||||||||||||||||||||||||||
ސަރވިސް އެލެވަންސް: |
މަހަކު 1500.00 ރުފިޔާ |
||||||||||||||||||||||||||||||||||||||
އެހެނިހެން އެލަވަންސް |
|
||||||||||||||||||||||||||||||||||||||
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1.މިނިސްޓްރީއަށް ފާސްކުރުމަށް ހުށަހަޅާ ދީނީ ފޮތްތަކާ ލިޔުންތައް ފާސްކުރުމަށްޓަކާ ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން. އަދި މިތަކެތީގެ ރެކޯޑް ބެލެހެއްޓުން. 2.ރާއްޖެއިން ބޭރުން ގެންނަ ފޮތްތަކުގެ ތެރެއިން ފާސްކުރުމަށް ހުށަހެޅޭ ދީނީ ފޮތްތަކާއި ލިޔުންތަކުގައި އިސްލާމްދީނާއި ޚިލާފްވާފަދަ ވާހަކަތައް ހުރިތޯ ބަލައި ފޮތްތަކާއި ލިޔުންތައް ފާސްކުމަށްޓަކާ ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން. އަދި މިތަކެތީގެ ރެކޯޑް ބެލެހެއްޓުން. 3.ޙަލާލު ސެޓްފިކެޓް ދޫކުރުމަޓަކާ މި މިނިސްޓްރީން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން. އަދި މިތަކެތީގެ ރެކޯޑު ބެލެހެއްޓުން. 4.މިނިސްޓްރީން ޗާޕްކުރާ ފޮތްތައް ޕަބްލިޝްކުރުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން. އަދި މިތަކެތީގެ ރެކޯޑު ބެލެހެއްޓުން. 5.ކޮންމެ ހަފްތާއެއްގެ ހުކުރު ޚުޠުބާ ތައްޔާރުކުރުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން. 6.ފަލަކީ ހިސާބުތަކާބެހޭ ކޮމިޓީގެ ބައްދަލުވުންތައް ބާއްވައި، އެ ކޮމިޓީގެ އިދާރީ އެންމެހައި މަސައްކަތްކުރުން. 7.ހިޖްރީ ކަލަންޑަރު ތައްޔާރުކުރުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން. 8.ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން. 9.ސެކްޝަނުގެ ސިޓީފަދަތަކެތި ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ސެކްޝަނުގެ ފައިލިންގ ސިސްޓަމް ބެލެހެއްޓުން. 10. ސެކްޝަނަށް އެންޓްރީކޮށްގެން ގެންނަ ސިޓީފަދަ ތަކެތި އެކްސެޕްޓްކޮށް އެމައްސަލައަކާގުޅޭ ފަރާތަކަށް ޙަވާލުކުރުން. 11.އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.
|
||||||||||||||||||||||||||||||||||||||
މަޤާމުގެ ޝަރުޠުތައް: |
|
||||||||||||||||||||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. |
||||||||||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ.
|
||||||||||||||||||||||||||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ޑިސެންބަރު 19 ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް އަދި ފެކްސް 3315161 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
||||||||||||||||||||||||||||||||||||||
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ޑިސެންބަރު 23 އާ 2018 ޑިސެންބަރު 31 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއާއި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||||||||||||||||||||||||||||||||||||||
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
||||||||||||||||||||||||||||||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200,3020218 ނަންބަރު ފޯނާއެވެ.ފެކްސް ނަންބަރަކީ 3315161 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |