ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބޭނުން ކުރުމާއި ބެހޭ؛

ބަނދަރު ހަލާކުވެ ޖާގަ ނެތުމާއި ގުޅިގެން ކަނޑު އުޅަނދުފަހަރުތައް ބޭނުންކުރުމަށް ބަނދަރުގެ އެކި ސަރަހައްދުތައް މިކައުންސިލްގެ ފަރާތުން ވަނީ ހަމަޖައްސާފައެވެ. ބަނދަރު ބޭނުންކުރާނެ ގޮތުގެ ބޯޑްތައް ޖަހާފައިވާ ސަރަހައްދުތައް ބޭނުންކުރާނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

01-  ލަފާފުރުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދު: ބަނދަރުގެ މެދަށްވާގޮތަށް ބޯޑް ބެހެއްޓިފައިވާ ސަރަޙައްދު (މި ސަރަޙައްދު ބޭނުންކުރެވޭނީ ހަމައެކަނި ލަފާ ފުރާ އުޅަނދު ފަހަރުތަކަށް)

02-  މުދާ އުފުލުމާއި ބޭލުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދު: ބަނދަރުގެ ދެކުނުފަރާތުން ބޯޑް ޖަހާފައިވާ ދިމާލުން ފެށިގެން އިރަށްވާގޮތަށް ހިމެނޭ ސަރަޙައްދު (މި ސަރަޙައްދު ބޭނުން ކުރެވޭނީ ހަމައެކަނި މުދާ އުފުލުމަށާއި ބޭލުމުގެ ޚިދުމަތްތައްދޭ އުޅަނދު ފަހަރުތަކަށް)

ވީމާ، ކަނޑުގައި ދުއްވާ އުޅަނދު ފަހަރުތައް، ލަފާ ފުރުމާއި މުދާ އުފުލުމާއި ބޭލުމަށް ހޭދަވާ ވަގުތު ފިޔަވައި މަތީގައި ދެންނެވިފައިވާ ސަރަޙައްދުގައި އުޅަނދުތައް އަޅާފައި ނުބޭއްވުމަށް އުޅަނދުފަހަރުގެ ވެރިންނާއި އުޅަނދުތައް ދުއްވާ އަދި ބަލަހައްޓަމުންގެންދާ އެންމެހާ ފަރާތްތަކަށް އަންގާ ނަޞޭހަތްތެރިވަމެވެ. މިކަން ތަކުރާރު ވާނަމަ އިތުރު އެންގުމަކާއި ނުލައި ބަނދަރު ބެލެހެއްޓުމާއިބެހޭ ޤަވާއިދުގައިވާ ގޮތުގެމަތިން ޖުރުމަނާކޮށް ފިޔަވަޅު އަޅާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޑިސެންބަރު 2018
ހޯދާ