ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
2019 ވަނަ އަހަރަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިއުލާން

އަންދާސީ ހިސާބު ހުށައެޅުމުގެ ދައުވަތު

2019 ވަނަ އަހަރަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

         މިސްކޫލުން ދެއްވާ މައުލޫމާތާއި އެއްގޮތަށް 1 ޖެނުއަރީ 2019 އިން 31 ޑިސެމްބަރ 2019 އަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
         ވީމާ، މިސްކޫލުން ދެއްވާ މައުލޫމާތާއި އެއްގޮތަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު ކުންފުނި/ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ފޮނުއްވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާރޑް ގެންނެވުން އެދެމެވެ. އަދި ދަންނަވަމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
         ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.
                             27 ރަބީޢުލްއައްވަލް 1440
                             05 ޑިސެމްބަރ 2018

05 ޑިސެންބަރު 2018
ހޯދާ