މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާޢީ މަސައްކަތްތަކަށް ބިން ކުއްޔަށް ދިނުމާބެހޭ

އިޢުލާން

ސިނާއީ މަސައްކަތްތަކަށް ބިމެއްކުއްޔަށްދޫކުރުން

          މިރަށުގެ ސިނާޢީ ސަރަޙައްދުން (ރަށުގެދެކުނުކޮޅުން) އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ 5000  އަކަފޫޓް ގެ2  ބިން  ލުއި ސިނާޢީ މަސައްކަތްތަކަށް ކާރުޚާނާހެދުމާއި، ގުދަންހެދުމާއި، މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތަކަށް ކުއްޔަށް ދިނުމަށް ބީލަން އުޞޫލުން ފުރުޞަތު ހުޅުވާލަމެވެ.

          ވީމާ، މިބިން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ކުލީބިމަށް އެދޭފޯރމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން  ހުށަހެޅުއްވުން އެދެމެވެ. ބިޑްގަންނަފަރާތްކަމަށް ލިޔުމުގައި ބަޔާންކޮށްފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ކުލީބިމަށް އެދޭ ފޯރމް ވިއްކުން

(ކުލީބިމަށް އެދޭ ފޯރމް ވިއްކުމަށް ހަމަޖެހިފައިވަނީ 2000.00 ރުފިޔާއަށް )

18 ޑިސެމްބަރ 2018 ވާ އަންގާރަ  ދުވަހުން ފެށިގެން27   ޑިސެމްބަރ 2018 ވާ ބުރާސްފަތި  ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00

ހިންމަފުށީ ކައުންސިލްގެ އިދާރާއިން

މަޢުލޫމާތު ދިނުން  

2 ޖެނުއަރީ  2019  ވާ ބުދަ ދުވަސް

މެންދުރު 12:00  

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުން

( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން )

7 ޖެނުއަރީ 2019  ވާ ހޯމަ ދުވަސް

މެންދުރު 12:00

ހިންމަފުށީ ކައުންސިލްގެ އިދާރާ

          ބިޑްފޯރމް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޑިސެންބަރު 2018
ހޯދާ