ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޮންސަލްޓަންސީ

އިޢުލާން

ހިޔާ މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން، ހުޅުމާލޭގައި ކުރިއަށްގެންދާ ދެޓަވަރުގެ މަސައްކަތް ސުޕަވައިޒްކޮށް އިންޖިނިއަރިންގ ކޮންސަލްޓަންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 10 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް މަރުކަޒީ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 13 ޑިސެމްބަރ 2018 ވާ ބުރާސްފަތިދުވަހުގެ 12:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގެންނެވޭ ބޭފުޅުންނަށްވެސް ބިޑް ހުށައެޅުމުގެ ފުރުޞަތު އޮންނާނެއެވެ. މަޢުލޫމާތު ކަރުދާސް، ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީ ދުވަހުގެ 13:30 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ، އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3345138 އާގުޅުއްވުން އެދެމެވެ.   

04 ޑިސެންބަރު 2018
ހޯދާ