މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2019 ވަނަ އަހަރު މިއިދާރާގެ ސެކިއުރީޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

އިޢުލާން

2019 ވަނަ އަހަރު މިއިދާރާގެ ސެކިއުރީޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

01 ޖެނުއަރީ 2019 އިންފެށިގެން 31 ޑިސެމްބަރ 2019 ގެ ނިޔަލަށް، 1 އަހަރު ދުވަހުގެ މުއްދަތަށް މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަޢުލޫމާތު ސާފުކުރުން އޮންނާނީ 10 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ ކޮޓަރީގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ ކޮޓަރީގައެވެ.

މަސައްކަތުގެ މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމަށް ރަޖިސްޓްރީ ކޮށްފައިނުވާ އެއްވެސް ފަރާތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " މަޑުއްވަރީ ކައުންސިލުގެ އިދާރާގެ 2019 ވަނަ އަހަރު ސެކިއުރީޓީ ބެލެހެއްޓުމަށް '' މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.                               

03 ޑިސެންބަރު 2018
ހޯދާ