މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކުރުން

އިޢްލާން

 

އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކުރުން

                 އަންހެނުންނަށް ވިޔަފާރީގެ ދާއިރާގައި ކުރިމަތިވާ މައްސަލަތައް ދެނެގަނެ، އަންހެން ވިޔަފާރިވެރިންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރުމަށް، 8 ޑިސެމްބަރ 2018 (ހޮނިހިރު) ދުވަހުގެ ހަވީރު 16:00 އިން 17.30 އަށް، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

                  ވީމާ، މިބައްދަލުވުމުގައި، ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތު 6 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 14.00ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

 

ނަން

ގުޅޭނެ ނަންބަރު

ތަމްޞީލުކުރާ ޙައިޞިއްޔަތު: ފަރުދީ / ވިޔަފާރި ނުވަތަ ޖަމްޢިއްޔާ

އީމެއިލް އެޑްރެސް

                  މިއިޢްލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުވުމަށް ބޭނުންފުޅުވާނަމަ، މިމިނިސްޓްރީގެ ކޯލް ސެންޓަރ 1691 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

29 ނޮވެންބަރު 2018
ހޯދާ