ދިވެހިރާއްޖެ
ތިރީގައިވާގޮތުގެމަތިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް އާ މާލެއާ ދެމެދު ކަނޑުމަގުން ޕޯސްޓް މޭލް ބޭގްތައް އުފުލައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، ތިރީގައިވާ ގޮތުގެމަތިން ދަތުރުތައް ކޮށްދެވޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާނެ ފަރާތްތަކުން 5 ޑިސެމްބަރު 2018 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މިކުންފުނީގެ 3ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރު 215-3009އާ ގުޅުއްވުން އެދެމެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން މާލެއަށް ޕޯސްޓް މޭލް ބޭގްތައް ގެނައުން
- ހޮނިހިރު – ބުރާސްފަތި: ދުވާލަކު 2 ދަތުރު
- ހުކުރު: 1 ދަތުރު
މާލެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓަށް ޕޯސްޓް މޭލް ބޭގްތައް ގެންދިއުން
- ހޮނިހިރު – ބުރާސްފަތި: ދުވާލަކު 2 ދަތުރު
މޭލް ހުންނަ ނިސްބަތުން ދަތުރުތައް އިތުރު ކުރަންވެސް ޖެހިދާނެއެވެ. އެހެންކަމުން އަގު ހުށަހަޅުއްވާނީ ދަތުރެއް ކޮށް ދޭނެ އަގެވެ.
މާރކްސް ދޭނެ މިންގަނޑުތައް :
- އަގު: %70
- ފެންވަރު/ ސައިޒް/ކެޕަސިޓީ: %30