މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނަށް މައްސަލަ ހުށަހެޅުމާ ބެހޭ

މި ކޮމިޝަނަކީ، 2012 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 ގެ ނިޔަލަށް ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި، އެ މައްސަލަތަކުގެ ޙަޤީޤަތް ހޯދައި އިންސާފު ހޯދައިދިނުމުގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނެކެވެ.

   ވީމާ، 2012 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދުގެ މުއްދަތުގެ ތެރޭގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން ތަޙްޤީޤު ނުކުރެވި، ނުވަތަ އެކަށީގެންވާ މިންވަރަށް ތަޙްޤީޤު ނުކުރެވި ހުރި މައްސަލަތަކެއް ހުރިކަމަށް ފާހަގަ ކުރެއްވޭނަމަ، އެ މައްސަލަތަކުގެ މަޢުލޫމާތު 26 ނޮވެންބަރު 2018 ދުވަހުން ފެށިގެން
30 ދުވަހުގެތެރޭގައި ލިއުމަކުން މި ކޮމިޝަނަށް ހުށަހަޅުއްވައި ދެއްވުން އެދެމެވެ. 

މަތީގައިވާގޮތުގެ މަތިން، މި ކޮމިޝަނަށް ހުށަހަޅުއްވާ މައްސަލަތައް ފޮނުއްވާނީ، މި ކޮމިޝަނަށް އެޑްރެސްކޮށް، ޣާޒީބިލްޑިންގގެ ތިރީބައިގައިވާ މި ކޮމިޝަނަށެވެ. 

18 ރަބީޢުލްއައްވަލް 1440

26 ނޮވެންބަރު 2018
ހޯދާ