އިއުލާން
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައިމިދަންނަވާ މަގާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.
މަޤާމުގެ ނަން:
|
ޑިރެކްޓަރ
|
ރޭންކް:
|
EX1/B
|
ސެކްޝަން/ޑިޕާޓްމަންޓް
|
މީޑިއާ ސެކްޝަން
|
ބޭނުންވާ އަދަދު:
|
1
|
ތަޢްލީމާއި ތަޖްރިބާ:
|
- ނޫސްވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ
- ނޫސްވެރިކަމުގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން އަދި ނޫސްވެރިކަމުގެ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ނޫސްވެރިކަމުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން އަދި ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ނޫސްވެރިކަމުގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން އަދި ނޫސްވެރިކަމުގެ ދާއިރާގައި 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކުހެއް ލިބެމުން ދިޔުމާއެކު، ނޫސްވެރިކަމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު، ނޫސްވެރިކަމުގެ ދާއިރާގައި އެމް.އެސް 4 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ނޫސްވެރިކަމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުން، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން އަދި ނޫސްވެރިކަމާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި އެމް.އެސް 3 ރޭންކުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ނޫސްވެރިކަމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން އަދި ނޫސްވެރިކަމުގެ ދާއިރާއެއްގެ މަޤާމެއްގައި އެމް.އެސް 2 ރޭންކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތް ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ނޫސްވެރިކަމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން އަދި ނޫސްވެރިކަމާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި އެމް.އެސް 1 ރޭންކުގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތް ތަޖުރިބާ ލިބިފައިވުން.
|
މަޤާމްގެ މަސްއޫލިއްޔަތު:
|
- ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިޔާ މަސައްކަތްތައް ރާވައި ހިންގާ ބެލެހެއްޓުމާއި މަޖިލީހުގެ އިދާރާއިން ނެރޭ ޚަބަރާއި ނޫސްބަޔާން ( ދިވެހި ބަހާއި އިނގިރޭސި ބަހުން) ތައްޔާރުކޮށް އަދި މަޖިލީހުގެ އިދާރާއިން ޝާއިއުކުރާ ނޫސް މަޖައްލާ ފަދަ ތަކެތި ތައްޔާރުކޮށް ޝާއިއުކުރުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
|
އުޖޫރަ:
|
- މަހަކު -/15,950 ރުފިޔާ
|
އެލަވަންސް/އިނާޔަތްތައް:
|
- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ
|
މަޤާމުގެ ނަން:
|
ސީނިއަރ އޮފިސަރ
|
ރޭންކް:
|
MS2/B
|
ސެކްޝަން/ޑިޕާޓްމަންޓް:
|
މީޑިއާ ސެކްޝަން
|
ބޭނުންވާ އަދަދު:
|
1
|
ތަޢްލީމާއި ތަޖްރިބާ:
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ނޫސްވެރިކަމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ނޫސްވެރިކަމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ނޫސްވެރިކަމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކުހެއް ލިބެމުންދިޔުމާއެކު، އެމް.އެސް 1 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގައި ނޫސްވެރިކަމުގެ ދާއިރާގައި 3 އަހަރު ދުވަހުއުޅެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 2 ރޭންކު ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، ނޫސްވެރިކަމުގެ ދާއިރާގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
|
މަޤާމްގެ މަސްއޫލިއްޔަތު:
|
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރޭ ޚަބަރާއި ނޫސްބަޔާންތައް ލިޔެ ތައްޔާރުކުރުމާއި މަޖިލީހުގެ އިދާރާއިން ޝާއިއުކުރާ ނޫސް މަޖައްލާ ފަދަ ތަކެތި ތައްޔާރުކޮށް ޝާއިއުކުރުމުގެ މަސައްކަތްތައްކުރުން.
|
އުޖޫރަ:
|
- މަހަކު -/10,750 ރުފިޔާ
|
އެލަވަންސް/އިނާޔަތްތައް:
|
- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ
|
ފޯމް ފޮނުވަންވީ ތާރީޚް: 28 ނޮވެމްބަރ 2018 ން 3 ޑިސެމްބަރ 2018 ގެ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް.
ހުށަހަޅަންޖެހޭ ލިއުންތައް: ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރު)
ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
ނޯޓް:ވަޒީފާއަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް އިން (www.majlis.gov.mv) ލިބެން ހުންނާނެއެވެ. މިމަޤާމްތަކަށް އެދި ފޯމް ފޮނުވާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާތިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ފޮނުވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
19 ރަބީޢުލްއައްވަލް 1440
27 ނޮވެމްބަރ 2018