އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ.

`

އިނގުރައިދޫ ސްކޫލް                                                    Inguraidhoo School

 ރ. އިނގުރައިދޫ، ދިވެހިރާއްޖެ                                        R.Inguraidhoo / Republic of Maldives

                                                            ނަންބަރ:     GS124/ IUL/2018/23 

                                            އިޢުލާން

 ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ.

                މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްކުރި GS124/ IUL/2018/21 ނަންބަރ އިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅުއްވި އެއްވެސް ފަރާތަކުން ޓެކްސް ކްލިއަރެންސް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާތިލްކުރިކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 22-PU/GS-124/2018/4 ( 26 ނޮވެންބަރު 2018 ) ނަންބަރ ސިޓީއިން އެންގުމާއި ގުޅިގެން އަލުން އިޢުލާންކުރަމެވެ.

                  ވީމާ، 01 ޖަނަވަރީ 2019 އިން 31 ޑިސެންބަރު 2019 އަށް މި ސްކޫލުގެ  ސެކިއުރިޓީ  ބަލަހައްޓައިދިނުމަށް    ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޑިސެންބަރު 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޑިސެންބަރު 2018 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

       މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުންނާއި ގަޑިޖެހުމަށްފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި ދަންނަވަމެވެ. މިކަމަކީ ވިޔަފާރި ރަޖިސްޓްރީ ކޮށްގެން ކުރަންޖެހޭ މަސައްކަތަކަށްވާތީ އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

               އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލްގެ ފޯނު ނަންބަރު 6580002 އާއި ގުޅުއްވުން އެދެމެވެ.

                          19 ރަބީޢުލްއައްވަލް 1440

                          27 ނޮވެންބަރު 2018

 

 

 

 

                                                                    ސަޢީދު އިބްރާހިމް

                                                          ( ޕްރިންސިޕަލް )

 

    

                                                

 
   
27 ނޮވެންބަރު 2018
ހޯދާ