މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ

އިޢްލާން

 

24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރުމާގުޅޭ

            އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދާއި ސައިހޮޓާ އަދި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދާއި ކެންޓީނު ހިންގުމުގެ ގަވާއިދުގެ ދަށުން، 24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްޓަކައި، މިމިނިސްޓްރީން އެކުލަވާލާފައިވާ "24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ އުޞޫލު" ޢާންމުންގެ ޚިޔާލަށް ހުޅުވާލައިފީމެވެ.

           

            ވީމާ، މިއުޞޫލަށް އެއްވެސް ޚިޔާލެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތެއްވާނަމަ، މިމިނިސްޓްރީގެ އީމެއިލް [email protected] އަށް، 29 ނޮވެމްބަރ 2018 ގެ މެންދުރު 2:00 ގެ ކުރިން އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

 

ލިޔުމުން ޚިޔާލު ހުށަހެޅުއްވުމަށް އެޑްރެސްކުރައްވާނީ:

ބިޒްނަސް ރެޖިސްޓްރޭޝަން ސެކްޝަން،

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، 095-20، ދިވެހިރާއްޖެ

 

"24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ އުޞޫލު"  މިމިނިސްޓްރީގެ ވެބްސައިޓް  www.trade.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

25 ނޮވެންބަރު 2018
ހޯދާ