ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. މޮޅަދޫ ފާލަންމަގުގެ ދެކުނު ފަރާތުން ބިން ކުއްޔަށް ދޫކުރުން

މިއިދާރާގެ ނަންބަރު: (IUL)246/246/2018/37 (05 ނޮވެންބަރު 2018)  އިޢުލާނާއި ގުޅިގެން ބިން ކުއްޔަށް ހިފުމަށް ބިޑުހުށަހެޅުމަށް ބަދަލުގައި ފޮނުވިފަރާތްތަކާއެކު ހުށަހަޅި ސިޓީތަކުގައި ބަދަލުގައި ހާޒިރުވިފަރާތުގެ މަޢުލޫމާތު ނެތުމުން، މިއިދާރާގެ ނަންބަރު:   (IUL)246/246/2018/37 (05 ނޮވެންބަރު 2018)  އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ޢާންމު ވިޔަފާރި / ފިހާރަ ހިންގުމަށާއި،ސައިހޮޓާ،ކެފޭ،ރެސްޓޯރެންޓް ފަދަ ވިޔާރިކުރުމަށް ފާލަންމަގުގެ ދެކުނު ފަރާތުން ބިންކުއްޔަށްދޫކުރުން

ޢާންމު ވިޔަފާރި / ފިހާރަ ހިންގުމަށް 1500 (ފަނަރަ ސަތޭކަ އަކަފޫޓޫގެ) 3 (ތިނެއް) ބިން އަދި ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ވިޔަފާރި ހިންގުމަށް 1500 (ފަނަރަ ސަތޭކަ އަކަފޫޓޫގެ) 3 (ތިނެއް) ބިން ފާލަންމަގުގެ ދެކުނު ފަރާތުން ކުއްޔަށް ދޫކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، މި ދެންނެވި ބިންތަކުގައި  ޢާންމު ވިޔަފާރި / ފިހާރަ ހިންގުމަށާއި، އަދި ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ވިޔަފާރި ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން "ބިންކުއްޔަށް ހިފުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެއްޗާއެކު (ބިން ކުއްޔަށް ހިފުމަށްއެދޭ ފޯމު، މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާފަރާތް ތަކަށް މިއިދާރާއިން ލިބޭނެއެވެ.) މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

މަޢުލޫމާތު ދިނުން  

03 ޑިސެންބަރު 2018  ވާ ހޯމަ ދުވަސް

ހެނދުނު 10:00

މޮޅަދޫ ކައުންސިލްގެ އިދާރާގައި

ކުލީބިމަށް އެދޭފޯރމާއި އަދި އެކަމާއި ގުޅޭ އެހެނިހެން ލިޔެކިޔުން ހުށަހެޅުން

12 ޑިސެންބަރު 2018  ވާ ބުދަ ދުވަސް

ހެނދުނު 10:00

މޮޅަދޫ ކައުންސިލްގެ އިދާރާގައި

 

 

 

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑުފޯމާއި، ބިޑުފޯމު، ހުށަހަޅަންޖެހޭ ގަޑީގެ ކުރިންނާއި، ފަހުން ހުށަހަޅާ ބިޑު ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، ބިޑުފޯމު ހުށަހެޅުއްވުމަށް ހާޟިރުވެލެއްވުމަށް އުޒުރުވެރި ވެލައްވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުއްވިދާނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ ބިޑު ފޯމު ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުން ފުޅުވެލައްވާނަމަ، ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6500031 އަށް ގުޅުއްވުން އެދެމެވެ.

 

މިހެންވެ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 ނޮވެންބަރު 2018
ހޯދާ